ޔުމްނުއާ ސުއާލު ކުރާނީ މެލޭޝިއާ ފުލުހުންގެ އެހީގައި

ހައްވާ ޔުމްނު ރަޝީދު އާ ސުއާލު ކުރާން ފުލުހުންނަށް އާއިލާގެ ފަރާތުން އެއްބާރުލުމެއް ނުލިބޭކަމަށް ފުލުހުން ބުނެއެވެ. ޔުމްނުގެ ޞިއްޙީ ހާލަތާ އެއްވެސް މައުލޫމާތެއް މިހާތަނަށް ހިއްސާކޮށްފައިނުވާކަމަށާއި ފަރުވާ ދެމުން ދިޔަ ހޮސްޕިޓަލް ބަދަލު ކުރިއިރުވެސް ފުލުހުންނަށް އެކަން އަންގާފައެއް ނުވެއެވެ.

އެހެންވެ، މޯލްޑިވްސް ޕޮލިސް ސާވިސްއިން ވަނީ، މެލޭޝިއާގެ ގާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން، އެ މައސަލައިގެ ތަޙުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށް މެލޭޝިއާ ފުލުހުންނާ ގުޅިގެން މަސައްކަތް ފަށާފައި ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނަނީ، މިހާތަނަށް، ދެ ފުލުހަކު މެލޭޝިއާގައި އެ މައްސަލައާ ގުޅޭ ގޮތުން ބައިތިއްބާފައި ވާނެ ކަމަށެވެ. އަދި އެއިން އެކަކަކީ، މެޑިކަލް ޑޮކްޓަރެކެވެ.

މިނިވަން ކޮށްފަ އަނެއްކާވެސް ރައުދު ފުލުހުންގެ ބަންދަށް

ހިއްސާ ކުރައްވާ!