ޖަޕާނުގެ ދަނޑުވެރިކަމާ ބެހޭ މިނިސްޓަށް އިސްތިއުދޭން މަޖުބޫރުވީ އަނގަ އޮޅިގެނެއް ނޫން

ޖަޕާނުގެ ދަނޑުވެރިކަމާ ބެހޭ ވަޒީރު ޓަކު އެޓޯ މަޖަލަކަށް ދެއްކި ވާހަކައަށް ފަހު އޭނާއާ ދެކޮޅަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާނެ ކަމަށް ބުނެ އިދިކޮޅުން ފިއްތުމުން އިސްތިއުފާ ދީފިއެވެ.

ޖަޕާނުގައި ހަނޑުލުގެ އަގާ މެދު ބަހުސް ކުރާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ހަނޑުލުގެ އަގު ބޮޑުވެފައި ވެއެވެ. އަދި ތަދު އެއްޗަކަށްވެ ބޭރުން ގެންނަ ހަނޑޫވެސް އިންތިހާއަށް އަގު މައްޗަށް ގޮސްފައި ވެއެވެ.

ނޫސްވެރިން ދަނޑުވެރިކަމާ ބެހޭ ވާޒިރު ގާތުން އެހީ، މާތް މަނިކުފާނު ހަނޑޫ ހޯއްދަވަނީ ކޮންތާކުންތޯއެވެ؟ އޭގެ ޖަވާބުގައި ވަޒީރު ވިދާޅުވީ ދުވަހަކުވެސް ހަނޑޫ ގަތުމަށް ފިކުރެއް ކުރަން ނުޖެހޭ ކަމަށެވެ. އޭނާގެ ސަޕޯޓަރުން އޭނާއަށް ބޭނުންވާ ވަރަށް ހަނޑޫ ސަޕްލައި ކޮށްދޭ ކަމަށެވެ.

ވަޒީރު އެޓޯ، މިވާހަކަ ވިދާޅުވީ ޖޯކަކަށެވެ. ވަޒީ ނޫން މީހަކު ހީލިތަނެއް ނުފެނުނެވެ.

އާންމުންނާއި އިދިކޮޅުގެ ފާޑު ކިޔުމާއެކު ވަޒީރަށް އިސްތިއުފާ ދެއްވަން މަޖުބޫރުވީއެވެ. އެޓޯ ވަނީ މައާފަށް އެދިފައެވެ. އަދި އިތުބާރު ނެތްކަމުގެ ވޯޓުގެ ކުރިން ވަގުތާއި ރިސޯސް ސަލާމަތް ކުރުމަށް އޭނާ އިސްތިއުފާ ދެއްވީއެވެ.

ހިއްސާ ކުރައްވާ!