މީހާގެ ސިއްޙަތާ ބެހޭ މައުލޫމާތު އިހުސާސްކުރުމަށް އޭސަރ ކުންފުނިން އުފައްދާފައިވާ އަނގޮޓީން ޓެކްނޮލޮޖީގެ ދުނިޔެ ހައިރާންކޮށްލައިފިއެވެ. އޭސާ އިން ވަނީ މިއުފެއްދުން ޓައިޕޭގައި ބޭއްވުނު ކޮމްޕިއުޓެކްސް 2025 ގައި ދައްކާލާފައެވެ.
މިއީ ވެއަރަބަލް ޓެކްނޮލޮޖީ ތައާރަފް ކުރުމަށް ކުންފުނިތަކުން ކުރަމުންދާ މަސައްކަތުގައި ވާދަކުރާ އުފެއްދުމެކެވެ. އަތުގެ އިނގިއްޔަށް ހެޔޮވަރު އަނގޮނޑިއެއްގެ ގޮތުގައި ޓެކްނޮލޮޖީ ހިމަނާފައިވާ މި އަނގޮޓިއަކީ މިހރު ބާޒާރުގައި އުޅޭ 300 ޑޮލަރަށް ވިއްކާ އޯރާ4 އަގޮނޓިއާ ވާދަ ކުރާ އުފެއްދުމެކެވެ.
އޭސަރ ކުންފުނިން އުފައްދާފައިޥާ އަނގޮޓިއަކީވެސް ޓައިޓޭނިއަމްއިން އުފައްދާފައިވާ ފަރުމާ ރީތި ސްމާޓް ރިންގެކެވެ.
އޯރާގެ އަނގޮޓިއާއި އޭސަރގެ އަނގޮޓީގެ ތަފާތަކީ، އޯރާ އަނގޮޓި ބޭނުންކުރާ ފަރާތްތަކުން ޚިދުމަތް ލިބިގަތުމަށް މަހަކު 5.99 ޑޮލަރުގެ އިޝްތިރާކެއް ދައްކަން ޖެހެއެވެ. އޭސާރ އަނގޮޓީ އަޅާ މީހުން، މައުލޫމާތު މުވާސަލާތު ކުރުމަށް ފީއެއް ދައްކާކަށް ނުޖެހެއެވެ.
މި އަނގޮޓިއަކީ، އެ އަޅާ މީހާގެ 24 ގަޑިއިރުގެ ސިއްޙީ ހަރަކާތް މޮނީޓަރ ކުރާ ބަޔޯމެޓްރިކް އަނގޮޓީއެކެވެ. އެއިން، ހިތުގެ ވިންދު، އަދި ލޭގައި ހުންނަ އޮކްސިޖަންގެ މިންވަރު، އަދި ނިދުމުގެ ފެންވަރު ބުނެ ދޭނެއެވެ.
އޭސަރގެ އަނގޮޓީގެ ބަރުދަނަކީ،3 ގްރާމެވެ. އަދި މިއީ ފެނާއި ހިރަފުސް ނުވަންނަ ގޮތަށް އައިޕީ68 ގެ ދަރަޖަ ދީފައިވާ އުފެއްދުމެކެވެ.
އޭސަރގެ އަނގޮޓި ލިބޭނީ ކަޅު ނޫނީ މެޓް ރޯސް ގޯލްޑް ކުލައިގައެވެ.
ނަމަވެސް އޯރާގެ އަނގޮޓިތައް ބޮޑު ސައިޒްގައިވެސް ލިބެއެވެ. އެކަމަކު އޭސަރގެ އަނގޮޓި ލިބޭނީ ސައިޒް 7އާއި 13 ދެމެދުގައި އެކަންޏެވެ.
ފެންވަރާއިރު ބޭނުން ކުރެވޭ އޭސަރގެ އަނގޮޓި އަޅައިގެން ފީނޭނީ، 50 މީޓަރަށެވެ. އޯރާގެ އަނގޮޓި އަޅައިގެން 100 މީޓަރަށް ފީނޭނެއެވެ.
މި އަނގޮޓިތަކަކީ، މަސްނުއީ ބުއްދި: މަބުގެ ޓެކްނޮލޮޖީ ހިމެނޭ ޚާއްސަ އެޕަކާ ގުޅުވާލެވޭ އެއްޗެކެވެ.








