ހިތާމަ ފާޅު ކުރުމަށް އީރާން ގައުމީ ޓީވީން ދައްކަމުން ގެންދިޔަ ކަޅު ރިބަން މިހާރު ގައުމީ ދިދައަށް ބަދަލު ކޮށްފިއެވެ. އީރާނުން ބުނެފައި ވަނީ މިހާރު ހިތާމަ ފާޅު ކުރުމުގެ ވަގުތު ނިމުމީ ކަމަށެވެ. އަދި ދެން އޮތީ ކުރިއަށް މާޗް ކުރުމުގެ ވަގުތު ކަމަށެވެ.
އީރާން ސިފައިންގެ އެކައުންޓުތަކުންވެސް ބުނަމުން ދަނީ: "ހަނދާން ކުރާށެވެ. މިކަން ފެށީ އަހަރަމެންނެއް ނޫނެވެ!"






