އިސްރާއީލުން ޣައްޒާގައި 66 ކުދިން ބަނޑަށް މަރައިފިއެވެ. ޔަހޫދީންގެ ސަރުކާރުން ވަނީ ކުޑަކުދިންގެ ބޭބީ ފޯމިއުލާއާއި ކިރާއި ކާނާ ޣައްޒާއަށް ވެއްދުން މަނާކޮށްފައެވެ.
"ގަސްތުގައި ބަނޑުހައިހޫނުކަން ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްގެން އާންމުން ނައްތާލުމަށް ބޭނުންކުރާ ކަމެއް" ކަމަށް ޣައްޒާގެ މީޑިއާ އޮފީހުން ބުންޏެވެ.
މި ކާރިސާއަށް ޔަހޫދީންގެ ދައުލަތުގެ އިތުރުން އެމެރިކާ، އިނގިރޭސިވިލާތް، ފްރާންސް އަދި ޖަރުމަނުން ޒިންމާ އުފުލަން ޖެހޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.
މެއި މަހު އެކަނިވެސް އުމުރުން 6 މަހާއި 5 އަހަރާ ދެމެދުގެ 5،119 ކުދިންނަށް ކާޑު ބަލީގައި ފަރުވާދީފައި ވެއެވެ.






