މަމްދާނީއަށް ބަހުގެ ހަމަލަތައް ދެނި ޓްރަމްޕްގެ ސަޕޯޓަރުން

މަދްމާނީ އަތުން ކާ ވީޑިއޯއެއް އާންމު ކުރުމުން ޓްރަމްޕްގެ ޕާޓީގެ ކޮންގްރެސް މެންބަރު ބްރެންޑަން ގިލް ވަނީ އެއީ "ނާތަހުޒީބު" އަމަލެއް ކަމަށް ބުނެ މަދްމާނީގެ އަގު ވައްޓާލާފައެވެ. ނަޖިންފުހޭ ކަރުދާސް ބޭނުން ކޮށްގެން އުޅޭ އެމެރިކާ މީހުންނަށް ނިސްބަތް ކޮށް ގިލް ބުނަނީ "އެމެރިކާގެ ތަހުޒީބު މީހުން މިގޮތަކަށް ނުކާނެ" ކަމަށެވެ.

ޓްރަމްޕް ޕާޓީން ކުރިމަތިލާފައިވާ ކެންޑިޑޭޓެއް ކަމަށްވާ މޯޑް މެރޮން ވެސް ވަނީ އެމެރިކާގައި ތަރުބިއްޔަތު ވެފައިވާ މަދްމާނީގެ މި އަމަލަކީ "ތިންވަނަ ދުނިޔޭގެ" ޝަޚުސިއްޔަތު ދައްކައި ދޭ ކަމެއް ކަމުގައި ބުނެ މަމްދާނީއަށް ފާޑު ކިޔާފައެވެ.

ސަޕޯޓަރުން ވަނީ މަމްދާނީ ދިފާއުކޮށް، އަތުން ކެއުމަކީ ސަގާފީ އާދައެއް ކަމަށް ބުނެ ފައެވެ. އެކަކު ގިލްއާ ދިމާއަށް ބުނެފައި ވަނީ "ކަލޭ އޭނާގެ ސަގާފަތަށް ފާޑުކިޔުމުން ކަލޭގެ ހަގީގަތް ހާމަވެގެން ދޭ" ކަމަށެވެ. އަނެއް ބަޔަކު ގިލް ކައިރިން އަހާފައި ވަނީ "ކަލޭ ބާގާ ކަނީ އުލާ ވަޅިންތަ؟" މިފަދއިންނެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ ނިއުޔޯކުގެ މޭޔަރުގެ މަގާމު ކާމިޔާބު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ޒަހްރާން މަދްމާނީއަށް ބަހުގެ ހަމަލަތައް ދީ އޭނާގެ އަގު ވައްޓާލައިފައެވެ. މަދްމާނީގެ އަގު ވައްޓާލުމުން ޓްރަމްޕް ގެ ސަޕޯޓަރުން ދަނީ މަދްމާނީގެ ފުރާނައަށް ނުރައްކާ ގޮތަށް ބަހުގެ ހަމަލަތައް ދެމުންނެވެ.

ހިއްސާ ކުރައްވާ!