ޓްރަމްޕްގެ ދެވަނަ ދައުރުގައި ލަފާދޭ މުސްލިމުންގެ ހަތުރުވެރި ޒަޔަނިސްޓުން

ޓްރަމްޕްގެ ސިޔާސަތަށް ނުފޫޒު ފޯރުވާ 5 ފަރާތެއް ވެއެވެ. އެ ފަސް ފަރާތަކީވެސް ހައްދުފަހަނައަޅާފައިޥާ ޒަޔަނިސްޓް ފިކުރު ކުރިއެރުވުމަށް ޔަހުދީ ފައިސާގެ ބާރުގައި މަސައްކަތް ކުރާ ފަރާތްތަކެވެ. މުސްލިމުންނާ ހަތުރުވެރިކަމާއެކު އެމެރިކާގެ މެދުއިރުމަތީގެ ސިޔާސަތަށް ނުފޫޒު ފޯރުވައި ޓްރަމްޕްގެ ދެވަނަ ދައުރުގައި ކްރިސްޓިއަން ޒަޔަނިސްޓް ފިކުރު ކުރިއަށް ނެރެފައިވަނީ މި ފަސް މަސްއޫލުވެރިންނެވެ.

މިމީހުންނަކީ އިސްލާމްދީނާއި ފަލަސްޠީނާ މެދު ހަތުރުވެރިގޮތަކަށް ދެކޭ ސޮލީބީ ފިކުރުގެ މީހުންނެވެ. މިމީހުންނަކީ:

ޕީޓް ހެގްސެތު، އެމެރިކާގެ ދިފާއީ ވަޒީރު:

އޭނާއަކީ އިސްލާމްދީނަށް ފާޅުގައި ފާޑު ކިޔާ ޒަޔަނިސްޓެކެވެ. އަދި އެމެރިކާއިން އިރާގާއި އަފްޣާނިސްތާނުގައި ހިންގި ހަނގުރާމައިގެ ޖަރީމާތަކުގައި އަމަލީ ގޮތުން އުޅެފައިވާ މީހެކެވެ. އޭނާ ވަނީ އަފްޣާނިސްތާނާއި އިރާގްގައި ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތަކުގެ އަލީގައި، ފޮތެއް ލިޔެފައެވެ. އެ ފޮތަކީ "އެމެރިކަން ކްރޫސޭޑް" އެވެ. އޭގައި އޭނާ އިސްލާމް ދީން ދައްކާފައި ވަނީ ހަނގުރާމަވެރި، އުދުވާނީ ދީނެއްގެ ގޮތުގައެވެ.

ހެގްސެތަކީ ކާފަރެއްކަން ސާބިތުކޮށްދިނުމަށް މުލައްދަނޑީގައި އަރަބި އަކުރުން ކާފަރު ލިޔެގެން އެކަން ދައްކާ މީހެކެވެ. އަދި އޭނާގެ ގައިގައި ސޮލީބީ ހަނގުރާމައިގެ ނިޝާންތައްވެސް ޓަޓޫޖަހައިފައި ވެއެވެ.

ޓްރަމްޕްގެ ސީނިއަރ އެޑްވައިޒަރު ސްޓީވަން މިލާ:

މިއީ އެމެރިކާގެ ހިޖުރަވެރިންނާ މެދު ހަތުރުވެރި ވިސްނުމަކުން ވިސްނާ މީހެކެވެ. އަދި މި ޒަޔަނިސްޓު މީހާއަކީ، އެމެރިކާގައި ޓްރަމްޕްގެ ފުރަތަމަ ރިއާސީ ދައުރުގައި މުސްލިމުންނަށް 2017ގައި ނުހޮރޮއްޕާން ކުރި "މުސްލިމުން އެމެރިކާއަށް ވަނުން މަނާކުރުން" ސިޔާސަތުގައި އިސްކޮށް އުޅުނު މީހެކެވެ.

މިލާ އިސްލާމްދީނާ މެދު ގެންގުޅޭ ހަތުރުވެރިކަން ސިއްރެއް ނުކުރެއެވެ. އޭނާ ބުނަނީ، އިސްލާމްދީނަކީ "ފެޝީސްޓް" ނުރައްކަލެއް ކަމަށެވެ.

ސަފީރެއްގެ ދަރަޖައިގައި ހުރި ފާދިރީ، މައިކް ހަކަބީ:

އިޒްރޭލަށް ޓްރަމްޕް ފޮނުވާފައިވާ މައިކް ހަކަބީއަކީ ފައްކާ ޒަޔނިސްޓެކެވެ. އޭނާގެ ވާހަކަތަކާއި ބަސްމަގު ހުންނަނީ އިޒްރޭލުގެ ތަރުޖަމާނެއްގެ ގޮތުގައެވެ. އީރާނާ ދެކޮޅަށް ޔަހޫދީން ދެމުން ދިޔަ ޓެރަރިސްޓް ހަމަލަތަކުގައި އިރާނާ ދެކޮޅަށް ސޮލީބީ ހަނގުރާމައެއް ފެށުމަށް ހަކަބީ ފޮނުވި ޓެކްސްޓް މެސެޖު ޓްރަމްޕް ދުނިޔެއަށް އާންމުކޮށްލިއެވެ.

ހަކަބީ ކުރިން ހުރީ އާކެންސޯގެ ގަވަރުނަރުގެ މަގާމުގައެވެ. އަދި އޭނާއަކީ ކުރިން ނަސާރާ ދީން ފަތުރަން ޓީވީގައި ދަރުސްދީ އުޅުނު ޒަޔަނިސްޓު ފާދިރީއެކެވެ. ހަކަބީ ބޭނުން ވަނީ ފަލަސްޠީނު މީހުން އައްޒާއާއި ހުޅަނގު އައްސޭރިން ފައްސާލާށެވެ. އަދި އެ ތަނަށް އޭނާގެ ވާހަކައިގައި އިޝާރާތް ކުރަނީ ޔަހޫދީން އެދެ ސަރަހައްދަށް ދީފައިވާ ނަމުންނެވެ.

ރަސަލް ވޯޓް، ވައިޓްހއުސްގެ މާލީ މުދީރު:

ވޯޓު ބުނަނީ އޭނާއަކީ ޒަޔަނިސްޓު ކްރިސްޓިއަނެއް ކަމަށެވެ. އަދި އޭނާ ފާޅުގައި ބުނަމުން ދަނީ، އިސްލާމްދީން ބާކީކޮށް އެކަހެރިކޮށްލަން ޖެހޭނެ ކަމަށެވެ.

ޓްރަމްޕްގެ ރޫހާނީ ކަންކަމާ ބެހޭ މުދީރު ޕައުލާ ވައިޓް:

ފިރިހެނުން އަތުން ފައިސާ ޕަކަޅައިގެން ޖިންސީ ގުޅުން ހިންގައިގެން އެމީހުން ބްލެކްމެއިލް ކުރުމުގެ ތާރީޚެއް އޮންނަ ޕައުލާ ވައިޓަކީ އޮރިޔާން ފިލްމު ކުޅޭ މީހަކަށް ވުރެން ދެރަ މީހެއް ނޫނެވެ. އޭނާގެ މަސައްކަތަކީ ޒަޔަނިސްޓުންނާއި ހަރުކަށި ނަސާރާއިންގެ އިއްތިހާދެއް ޕްރޮމޯޓް ކުރުމެވެ. އަދި އެމރިކާއިން އިޒްރޭލަށް އެހީތެރިވުމަކީ ދީނީ ގޮތުން ލާޒިމު ކަމެއް ކަމަށް ޕައުލާ ވައިޓް ދެކެއެވެ. އިސްލާމްދީނުގެ ހަތުރެއް ކަމަށް އިއުލާންކޮށްފައިވާ ވައިޓް ވަނީ ނަތަންޔާހޫ އެންމެ ފަހުން ވޮޝިންޓަނަށް ކުރި ދަތުރުގައި، އޮރިޔާން ފެންނަ ސްކާޓެއް ލައިގެން އިނދެ ގިޔާމަތް ވުމާ ބެހޭ ގޮތުން ދެމީހުން ތިބެގެން ޕޮޑްކާސްޓެއް ގެނަސްދީފައެވެ.

އިސްލާމީ ގައުމުތަކުގެ ވެރިން ޓްރިލިއަން ޑޮލަރުން ފައިސާ އަޅައިގެން ޓްރަމްޕްގެ އިގްތިސާދު ކޮއްޅަށް ޖަހައި އޭނާއަށް މިލިއަން ޑޮލަރުގެ މަތިންދާބޯޓު ހަދިޔާ ކުރާއިރު މިއީ ޓްރަމްޕްގެ ސަރުކާރުގެ އަރަބި އިސްލާމީ ސިޔާސަތު ބައްޓަން ކޮށްދޭން ތިބި މީހުންގެ ވަނަވަރެވެ.

ހިއްސާ ކުރައްވާ!