ޖެފްރީ އެޕްސްޓެއިންގެ މަރާ ބެހޭ ގޮތުން ޖަވާބު ހޯދަން ތަކުރާރުކޮށް ގޮވާލެއްވުމަށް ފަހު، އެމެރިކާގެ ނާއިބް ރައީސް ޖޭޑީ ވެންސް މިހާރު އެމައްސަލަ ނިމިއްޖެ ކަމަށް ވިދާޅުވުމާ ގުޅިގެން މީހުންގެ ފާޑުކިޔުން އޭނާއަށް އަމާޒު ވެއްޖެއެވެ. ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވެންސް ވިދާޅުވީ އެޕްސްޓެއިންގެ މަރާ ބެހޭ ގޮތުން ސާފުވާން ޖެހޭނެ ކަމަށެވެ. އެޕްސްޓެއިން 2019 ގައި މަރުވީ ނިއުޔޯކު ޖަލުގައި ދަންޖެހިގެންނެވެ. ބެލެވެނީ އޭނާ ދަންޖާލީ ކަމަށެވެ.
އޭނާ މަރުވިއިރު، އެމެރިކާގެ ރައީސުންނާއި މުއްސަނދިންނަށް އޭނާ އަންހެނުން ހޯދައިދިން މައްސަލަ އޮތީ ޝަރީއަތުގައެވެ. އަދި ޝަރީޢަތް ނިމެންދެން އޭނާ ހުރީ ބަންދުގައެވެ.
އޭނާގެ މަރުގެ ސަބަބުން ގިނަ ސުވާލުތަކެއް އުފެދިފައިވާއިރު، ރައީސް ޑޮނަލްޑް ޓްރަމްޕާއި، ކުރީގެ ރައީސް ބިލް ކްލިންޓަން އަދި ބިލް ގޭޓްސް ފަދަ މަޝްހޫރު ބޭފުޅުންނަށް އެޕްސްޓެއިން އުމުރު ހަމަނުވާ އަންހެން ކުދިންނާއި އަންހެނުން ހޯދައިދިން ކަމަށް އޮތީ ތުހުމަތު ކުރެވިފައެވެ.
އެޕްސްޓެއިން މަސައްކަތް ކޮށްދިނީ އިޒްރޭލުގެ ޖާސޫސީ އިދާރާއަށެވެ. އޭނާ ދިޔައީ އޭނާގެ ޚިދުމަތް ހޯދަމުން ދިޔަ މީހުންގެ ފޮޓޯއާއި ވީޑިއޯތައް ނަގައި އެމީހުން ބްލެކްމެއިލް ކުރުމަށް މޮސާޑަށް އެ މައުލޫމާތު ފޮނުވަމުންނެވެ. އިޒްރޭލަށް މަރު ދަންޖެހޭ ޓްރަމްޕަކީވެސް މޮސާޑްގެ އަތުގައި އޭނާއާ ބެހޭ މައުލޫމާތު ހުރި މީހެކެވެ.
ވެންސް 2021 ވަނަ އަހަރު އެކްސް ގައި ލިޔުއްވާފައިވާ އެއް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، "އަހަރެމެންގެ އެންމެ މުއްސަނދި އަދި އެންމެ ބާރުގަދަ މީހުންނާ، ކުޑަ އަންހެން ކުދިން ޖިންސީ ބޭނުމަށް ހޯދައި ދޭ އޮޕަރޭޝަނެއް ހިންގި މީހަކާ ގުޅުން ހުރިކަން ހަނދާން އެބަހުރިތަ؟ އަދި އެ މީހާ ޖަލުގައި ސިއްރުން މަރުވީ ކިހިނެއް ބާ؟ އަދި މިހާރު އަހަރެމެން އެވާހަކައެއް ނުދައްކަނީ ކީއްވެ."
މަސްކު ވަނީ ޓްރަމްޕާއި އެޕްސްޓެއިންގެ ވީޑިއޯއެއް ފާއްދާލާފައެވެ. އެއަށް ފަހު މީހުން އެޕްސްޓެއިންގެ ވާހަކަ ދައްކަން ފެށުމުން އެމެރިކާ ސަރުކާރުން ވަނީ އެމައްސަލަ މަތިޖަހަން މަސައްކަތް ކޮށްފައެވެ.
އެފްބީއައިގެ ޑިރެކްޓަރު ކަޝް ޕަޓެލް އާއި ޑެޕިއުޓީ ޑިރެކްޓަރު ޑޭން ބޮންގީނޯ މީގެ ކުރިން ބުނެފައިވަނީ، ނުފޫޒު ގަދަ ބަޔަކުވެގެން އެޕްސްޓެއިން ޖަލުގައި މަރާލީ ކަމަށެވެ. އެއީ އެމީހުންނާ އޭނާއާ ހުރި ގުޅުން ސިއްރު ކުރުމަށްޓަކައި ކަމަށެވެ. ނަމަވެސް ޓްރަމްޕްގެ ސަރުކާރުގައި މަގާމު ލިބުމަށް ފަހު، މި ދެބޭފުޅުން ގެ ބަހުރުވަ ބަދަލުކުރައްވައި، މިހާރު ވިދާޅުވަނީ އެޕްސްޓެއިން މަރުވީ އަމިއްލައަށް ކަމަށެވެ.
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓާއި އެފްބީއައިއިން އާދީއްތަ ދުވަހު އިއުލާނުކުރީ، އޭނާ ގެންގުޅުނު ކަމަށް އަޑުފެތުރިފައިވާ "ބޮޑުން ކުށްވެރިކުރުވާ ލިސްޓެއް" އެއީ އޮތްއެއްޗެއް ނޫން ކަމަށެވެ. މިކަމާ ގުޅިގެން ނާއިބް ރައީސް ވެންސްގެ ކުރީގެ ޕޯސްޓުތައް އަލުން ފެންމަތިވެ، ބަހުސްތައް އުފެދިގެން ގޮސްފައި ވެއެވެ.
އެކްސްގައި 2021 ވަނަ އަހަރު ވެންސް ލިޔުއްވި އެހެން ޕޯސްޓެއްގައި ވަނީ، "އެޕްސްޓެއިންގެ ކްލައިންޓުން ސިއްރު ކޮށްގެން އެމެރިކާގެ ސަރުކާރަށް ލިބެނީ ކޮން އުފާވެރިކަމެއްތޯ؟" މިހެންނެވެ. އަދި އޭގެ ފަހުން ލިޔުއްވި އެހެން ޕޯސްޓެއްގައި ވިދާޅުވީ، "އެޕްސްޓެއިން އާ ބެހެ ގޮތުން ސުވާލު ނުކުރާ ނަމަ، ތިބާ އަކީ ނޫސްވެރިއެއް ނަމަ ލަދުގަންނަން ޖެހޭނެ." ކަމަށެވެ.
ރައްޔިތުން ދެކެނީ އެޕްސްޓެއިންއަކީ ޔަހޫދީންނަށް ޓަކައި ބްލެކްމެއިލް ކޮށްއުޅުނު މީހެއް ކަމަށެވެ.



