އެމެރިކާގެ ރައީސީ ޚާއްސަ މަންދޫބު ޓޮމް ބެރަކް، ބުނަނީ ހިޒްބުﷲ ދެމިއޮވެއްޖެނަމަ ލުބުނާން ގެ ދައުލަތް ވުޖޫދުން ފޮވެހިދާނެ ކަމަށެވެ. އަދި ހިޒުބުﷲ އިން ލުބުނާން ސޫރިޔާއާއެއް ކޮށްލަފާނެ ކަމަށެވެ.
ދޭތެރެ ޖެއްސުމަށް އެމެރިކާގެ މަންދޫބު މިވާހަކަތައް އަމުނާފައި ވަނީ "ދަ ނޭޝަނަލް" ނޫހަށް ދިން ބަސްދީގަތުމެއްގައެވެ.
އޭނާ ބުނީ އެމެރިކާވެސް ބާރަކަށްވާއިރު އިޒްރޭލުންވެސް ލުބުނާނަށް ފިއްތއިރު އީރާނުންވެސް ލުބުނާނަށް ނުފޫޒު ފޯރުވާކަމަށެވެ. އަދި ސޫރިޔާވެސް ވެގެންދާނީ ބާރަކަށް ކަމަށެވެ. އެންމެ ފަހުން ލުބުނާން ދިރުވާލާނީ ސޫރިޔާއިން ކަމަށް ބުންޏެވެ.
އެމެރިކާގެ އެހެން މަސްއޫލުވެރިއަކުވެސް މިދިޔަ ހަފްތާގައި ބުނެފައި ވަނީ މެދުއިރުމަތީގައި ބައެއް ގައުމުތައް އުވިގެންދާނެ ކަމަށާއި ވުޖޫދުގައި އޮންނާނީ ބޮޑެތި ގައުމުތައް ކަމަށެވެ.
އިޒްރޭލަކީ ބޮޑު އިޒްރޭލު އުފެއްދުމަށް ވިސްނައިގެން މަސައްކަތް ކުރާ ގައުމެކެވެ. އެއީ މެޑިޓެރޭނިއަން ކަނޑުނ ފެށިގެން ސައޫދިއްޔާއިން ބަޔަކާއި އެކު ފުރާތު ކޯރާހަމައަށް އޮންނަ ދައުލަތެއް ގާއިމް ކުރުމަށް އިޒްރޭލުން ދެކޭ ހުވަފެނެކެވެ. ފާޑު ކިޔާ ފަރާތްތަކުން ބުނަނީ މިހާރު އިޒްރޭލަށް އެކަން ހަގީގަތަކަށް ވަމުން އަންނަ ކަމަށެވެ. އެއީ އީރާން އިޒްރޭލުގެ 12 ދުވަަހުގެ ހަނގުރާމައިގައި ޖޯޑަން އިން ވަނީ އީރާނުން ޖޯޑަން މަތިން ފޮނުވި މިސައިލްތައް ވައްޓައި ދީފައެވެ. ނަމަވެސް އިޒްރޭލުގެ މިސައިލްތައް ދިއުމަށް މަގުހަދައި ދީފައެވެ. ސޫރޔާއާއި އިރާގްގެ ވައގެ ސަރަހައްދުވެސް މިނިވަންކަމާއެކު ޔަހޫދީން ބޭނުން ކުރިއެވެ.





