ޣައްޒާގައި 21 މަސް ދުވަހުގެ ހަނގުރާމައިގެ ތެރޭގައި ބައިނަލްއަގްވާމީ ގާނޫނު ބޮލާލައި ޖަހައި، ކެރިގެން އިޒްރޭލުން "ހަނގުރާމައިގެ ޖަރީމާތަކެއް" ހިންގާފައިވާ ކަމަށް ދަ ގާޑިއަންގައި ލިޔެފައި ވެއެވެ.
މި ލިޔުމުގައި ފަލަސްތީނުގެ ވަކީލު ރާޖާ ޝަހާދާ ވަނީ އިސްރާއީލުން ގަދަކަމުން ފަލަސްތީނުގެ ރައްޔިތުން ރަފަޙުގައި ކަށިނަރު ދަމައިގެން ހަދާ ކޭމްޕަކަށް ބަދަލުކޮށް، އެތަނުން ނުކުތުމުގެ ހުއްދަ ނުދޭނެ ކަމަށް ބުނެފައިވާ ވާހަކައަކީ "ކޮންސެންޓްރޭޝަން ކޭމްޕެއް" އުފެއްދުމެއް ކަމަށް ސިފަ ކުރައްވާފައެވެ.
އޭނާ ކޮންސެންޓްރޭޝަން ކޭމްޕް މާނަ ކުރައްވަނީ އާންމުކޮށް އަސްކަރީ އަމުރެއްގެ ދަށުން ސަލާމަތީ ނުވަތަ ތައުދީބީ ސަބަބުތަކާ ހުރެ ގައުމީ ޖަމާއަތެއްގެ މެމްބަރުންނާއި ސިޔާސީ ގައިދީން ނުވަތަ ބައިމަދު ނަސްލުގެ މީހުން ބަންދު ކުރާ މަރުކަޒުތަކެއްގެ ގޮތުގަ އެވެ.
އިސްރާއީލުގެ އިންސާނީ ހައްގުތަކާ ބެހޭ ވަކީލު މައިކަލް ސްފާޑްއާ ހަވާލާދީ ލިޔުންތެރިޔާ ވިދާޅުވީ، އިސްރާއީލުގެ ޑިފެންސް މިނިސްޓަރު "އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާއެއްގެ އޮޕަރޭޝަނަލް ޕްލޭނެއް އެކުލަވާލި" ކަމަށާއި އޭގެ އިތުރުން ކާނާ ހޯދަން އުޅުނު އެތައް ހާސް ބަޔަކު ޝަހީދުކޮށްލައި ޒަޚަމް ކޮށްފައިޥާ ކަމަށެވެ.
އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާ އަލްހައްޤުގެ ބާނީ ޝަހާދާ ގަބޫލުކުރައްވާ ގޮތުގައި "އިސްރާއީލުގެ ގިނަ މީހުން ފަލަސްތީނު މީހުންނަކީ އިންސާނުން ކަމަށް ގަބޫލު ނުކުރާ ކަމަށާއި، އެކަން ސާބިތުވަނީ އެމީހުންގެ ސިފައިން އެމީހުންގެ ނަމުގައި ހިންގާ ޖަރީމާތަކަށް ނަފްރަތު ނުކުރުމުން" ނެވެ.
މި ލިޔުމުގައި އިސްރާއީލުގެ ގިނަ މީހުންގެ މެދުގައި "ފަލަސްޠީނު މީހުންގެ އިންސާނީ ވަންތަކަން ނިގުލައިގަތުމުގެ ވިސްނުމެއް އޮތް" ކަމަށާއި 1948 ވަނަ އަހަރުގެ ނަސްލު ނައްތާލުމުގެ ހަނގުރާމަ ހިންގައި އެ ހަނގުރާމައިގައި "ނަކްބާ (ކާރިސާ) ގެ ނަމުން މަޝްހޫރުވި ޖަރީމާ ހިންގާފައި ވަނީ ﷲ އެމީހުންނަށް ފަލަސްޠީނު ބިން ދެއްވާފައިވާ ކަމަށް ބުނެއެވެ. އިސްރާއީލުން ވަނީ، އެ ލިޔުމުގައިވާ ގޮތުން، "ފަލަސްތީނުގެ ރައްޔިތުން ނިޒާމީ ގޮތެއްގައި ނިކަމެތިކޮށް، އެމީހުންގެ ސިޔާދަތު ނިގުޅައި" ގަންނަމުންނެވެ.
ބައިނަލްއަގްވާމީ ކްރިމިނަލް ކޯޓުން ނެރުނު އަމުރުތަކުގެ މައްޗަށް ބިނާކޮށް، އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރާއި ޑިފެންސް މިނިސްޓަރު ހައްޔަރުކުރުމަށް ބައިނަލްއަގްވާމީ ގާނޫނު ނުކުޅެދިފައިވާކަމަށް ވިދާޅުވެ ބޮޑެތި ގައުމުތަކުން މުޖުރިމުންނަށް ވާގިވެރިވުން ކުށްވެރި ކުރައްވާފައި ވެއެވެ.
ފަލަސްތީނުން ބައިނަލްއަގްވާމީ ގާނޫނުތަކުގެ ނިވަލުގައި މިނިވަންކަން ހޯދުމަށް އަހަރުތަކެއް ވަންދެން މަސައްކަތް ކުރި ނަމަވެސް، އެކަން ވަނީ ބާރުވެރި ބަޔަކު ޖަރީމާތައް ހިންގަން ވާގިވެރިވާތީ އެކަން ނުވެފައެވެ.
އޭނާ ލިޔުއްވަނީ 4 ހާސް އަހަރު ވަންދެން ޣައްޒާގައި އުޅެފައިޥާ މީހުން އެތަނުން އުފުރާލުމަށް ޔަހޫދީ ޒަޔަނިސްޓުން ކުރަމުންދާ މަސައްކަތާ ދެކޮލު ހަދަން ޖެހޭނެ ކަމަށެވެ.






