އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ޖުލައި 2025 ގައި އިންޑޯ ޕެސިފިކް ސަރަހައްދަށް ކުރެއްވި ދަތުރުފުޅަކީ ޗައިނާއަށް ވަރުގަދަ މެސެޖެއް ފޮނުއްވާ ދަތުރުފުޅެއް ކަމަށް ޔޫރޭޝިއާ ރިވިއުގެ ތަހުލީލެއްގައި ބުނެފައިވެ އެވެ.
ޖަޕާނާއި ދެކުނު ކޮރެއާ އަދި ޓައިވާން ފަދަ މުހިންމު އެކުވެރި ގައުމުތައް ކަވަރުކުރާ މި ދަތުރުގައި ބެއިޖިންގެ ބޮޑުވަމުން އަންނަ ނުފޫޒާ ދެކޮޅަށް އެމެރިކާއިން ކުރާ މަސައްކަތަށް އަލިއަޅުވާލަ އެވެ.
ޗައިނާއިން ވަނީ ރޫބިއޯގެ ދަތުރަށް ފާޑު ކިޔާފައެވެ. ރޫބިއޯ ވަނީ ސަރަހައްދީ ލީޑަރުންނާ ބައްދަލުކުރައްވައި ސަލާމަތާއި ވިޔަފާރިއާއި ޓެކްނޮލޮޖީގެ އެއްބާރުލުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައި ފައެވެ. އަދި ދެކުނު ޗައިނާ ކަނޑާއި ޓައިވާން ސްޓްރެއިޓްގައި ޗައިނާގެ އުދުވާނީ އމަލުތަކާ ދެކޮޅަށް އެއްބައިވަންތަ ސްޓޭންޑެއް ގެންގުޅުމަށް ބާރުއަޅުއްވާފަ އެވެ.
އޭނާގެ މި ދަތުރުފުޅަކީ ޗައިނާގެ އަސްކަރީ ޑްރިލްތަކާއި އިގްތިސާދީ ފިއްތުމުގެ އުކުޅުތަކާއެކު ތައިވާން ކަނޑު އޮޅީގައި ހަމަނުޖެހުން އިތުރުވުމާ ގުޅިގެން ކުރިއަށް ގެންދަވާ ދަތުރުފުޅެކެވެ.
މުހައްލިލުން ދެކެނީ ރޫބިއޯގެ މި ދަތުރުފުޅަކީ އެމެރިކާގެ ބައިވެރި ރަހުމަތްތެރިންނާއެކު އިއްތިހާދުތައް ވަރުގަދަކޮށް ބެއިޖިންގެ ފުޅާވުންދާ ނުފޫޒު ހުއްޓުވުމަށް އަޅާ ސްޓްރެޓެޖިކް ފިޔަވަޅެއް ކަމަށެވެ.
ޗައިނާގެ ކުންފުނިތަކަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުން އިތުރަށް ހަރުދަނާކުރުމަށް ސެނެޓަރުގައި ވެސް ދަނީ ބާރުއަޅަމުންނެވެ. އަދި ޓައިވާންގެ ދިފާއީ ގާބިލްކަމަށް ވާގިވެރިވުމަކީ އެމެރިކާއިން ގެންގުޅޭ ޗައިނާ ވަށާލުމުގެ ސިޔާސަތާ ދިމާލަށް ފުޅާ ދާއިރާއެއްގައި ފިރާލުން ދައްކުވައިދޭ ކަމެކެވެ. ނަމަވެސް މިފަދަ ހައި ޕްރޮފައިލް ޒިޔާރަތްތަކުގެ ސަބަބުން ޓެންޝަންތައް އިތުރުވެ، ސަރަހައްދުގެ ހަމަޖެހުން ގެއްލިދާނެ ކަމަށް ވެސް ފާޑުކިޔާ ފަރާތްތަކުން އިންޒާރު ދެ އެވެ.




