އެފްރިކާގެ ގައުމުތަކުގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރަމުން ދިޔަ ފްރާންސްގެ ސިފައިންގެ އޮފިސަރެއް ހައްޔަރުކޮށްފިއެވެ. ސްޓްރަސްބާގުގައި 58 އަހަރުގެ މިމީހާ ހައްޔަރުކޮށްފައި ވަނީ 25 ޖުލައި ގައެވެ. އޭނާ ވަނީ ކުޑަކުދިން ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ އިތުރުން އެކުދިންގެ ބަރަހަނާ ފޮޓޯތައް އިންޓަރނެޓަށް ލައި، އިންސާނީ ވަގުފރީގެ މުއާމަލާތްތައް ހިންގާފައެވެ.
އިބްތިދާއީ ހޯދުންތަކުން ދައްކާ ގޮތުގައި، މި ފްރާންސްގެ އޮފިސަރު ވަނީ އެފްރިކާގެ ޤައުމުތަކުގައި ކުޑަކުދިންނަށް ކުރެވޭ ޖިންސީ އަނިޔާތަކުގައި ދުރުން ބައިވެރިވެ އެކަން ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި އުޅެފައެވެ.
އެގޮތުން މީހުންނަށް ފައިސާ ދީގެން ކުޑަ ކުދިންގެ ހޯދައި، އެމީހުންގެ ބަރަހަނާ މަންޒަރުތައް ވީޑިއޯ ކުރުވައި އޭނާގެ އިރުޝާދުގެ ދަށުން އެ މަންޒަރުތައް އިންޓަނެޓުގައި އަނބުރާފައި ވެއެވެ.
މި ޖަރީމާތަކުގެ ޝިކާރައަކަށްވެފައިވާ ކުދިންގެ އަދަދާއި މި ކުށްތައް ހިނގާފައިވާ މުއްދަތު ފްރާންސްގެ ޕަބްލިކް ޕްރޮސިކިއުޓަރުގެ އޮފީހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
މިއީ އެތައް ގައުމަކުން މުޖުރިމުން ބައިވެރިވާ ފުޅާ ދާއިރާއެއްގެ ތަހުގީގެއް ކަމަށް ބުނެފައި ވެއެވެ.
މި މައްސަލަ ފެންމަތިވީ، އަމިއްލަ ޖަމްޢިއްޔާ އަކުން މިކަން ދިރާސާކޮށް އޮންލައިންކޮށް ޝާއިޢުކު ކޮށްފައިވާ ވީޑިއޯތައް ބެލުމަށްފަހު ފްރާންސްގެ ކަމާބެހޭ އިދާރާތަކަށް މައްސަލަ ހުށަހެޅުމުންނެވެ.






