ޓްރަމްޕަށް ގުޑް މޯނިންގ މެސެޖު ފޮނުވައި އޭނާއާ ފޯނުން މުއާމަލާތު ކުރުމަށް ދުނިޔޭގެ ބައެއްގެ ލީޑަރުންގެ ގާތުން އެދިއްޖެއެވެ. ޕޮލިޓިކޯ މީޑިއާއިން ކަމުވޮށިގެންވާ މަޞްދަރުތަކާ ހަވާލާދީ ބުނެފައި ވަނީ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދުނިޔޭގެ ލީޑަރުންނަށް އޭނާގެ އަމިއްލަ ފޯނު ނަންބަރު ދީ، އެ ނަންބަރަށް ގުޅުމަށް ބާރުއަޅައި ހެދުމުން ބައެއް ލީޑަރުން ހައިރާން ވެފައިވާ ކަމަށެވެ.
އެ ނޫހުގައި ބުނެފައިވަނީ: ޓްރަމްޕް ވަނީ ބައެއް ލީޑަރުން އާދަވެގެން އޭނާއަށް ވަޓްސަޕް މެދުވެރިކޮށް މެސެޖު ކުރުމަށްވެސް އަންގާފައެވެ. އެގޮތުން އާންމުކޮށް މެސެޖު ކުރާ އެއް ލީޑަރަކީ އިނގިރޭސި ބޮޑު ވަޒީރެވެ.
ޓްރަމްޕް މޮބައިލް ނަންބަރު ދީފައިވާ ލީޑަރުންގެ ތެރޭގައި ފްރާންސްގެ ރައީސް އިމާނުއެލް މެކްރޯން، ސައޫދީ އަރަބިއްޔާގެ ވަލީ އަހުދު އަމީރު މުޙައްމަދު ބިން ސަލްމާން، އަދި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ހިމެނެއެވެ.
މީޑިއާއިން ބުނާ ގޮތުގައި ޓްރަމްޕްގެ މި ހުށަހެޅުމުން ބައެއް ލީޑަރުންނަށް އުދަގޫ ވިއެވެ. ނަމަވެސް އެމެރިކާގެ ރައީސާ އެކު ރަނގަޅު ގުޅުމެއް ބޭއްވުމަށް ބޭނުންވާތީ އޭނާއަށް ގަވާއިދުން ގުޅައި، އެފަރާތްތަކުން މެސެޖު ފޮނުވަމުން ގެންދަނީ އެވެ.





