ޚާރިޖީ ވަޒީރު ޑރ. ޚަލީލް ސްރީލަންކާ ގެ ރައީސްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ސްރީލަންކާގެ ރައީސް އަނުރާ ކުމާރާ ޑިސަނާޔަކާ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރޭގައި އެ މަނިކުފާނުގެ އަރިހަށް ޚާރިޖީ ވަޒީރު، ޑރ. ޢަބްދުﷲ ޚަލީލް، އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި، ސްރީލަންކާގެ ރައީސް ރާއްޖެއަށް މި ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅަށް އެ މަނިކުފާނަށާއި އަރިހުގައި ވަޑައިގެންނެވި ބޭފުޅުންނަށް ޚާރިޖީ ވަޒީރު ޑރ. ޚަލީލް މަރުޙަބާ ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެ އާއި ސްރީލަންކާ އާ ދެމެދު ޒަމާނުއްސުރެ އޮންނަ ގާތް ރަޚްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ސްރީލަންކާ އާއެކު މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވިކަމަށް ވަޒީރު ވިދާޅުވިއެވެ.

ސްރީލަންކާ އިން ދިވެހިރާއްޖެ އާއެކު ތަފާތު އެކިއެކި ދާއިރާއިން ގުޅުން ބަދަހިކުރުމަށް ކުރާ މަސައްކަތްތައް އެ މަނިކުފާނުގެ ސަރުކާރުން ވެސް ކުރިއަށް ގެންދަވާނެކަމަށް ރައީސް ޑިސަނަޔަކާ ވިދާޅުވިއެވެ.

ޚާރިޖީ ވަޒީރު ޑރ. ޚަލީލް ގެ އަރިހުގައި ދިވހިރާއްޖެއިން ސްރީލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މައްސޫދު ޢިމާދު އާއި ސެކްރެޓަރީ ފާޠިމަތު ޢިނާޔާ އާއި އެޑިޝަނަލް ސެކްރެޓަރީ އާމިނަތު ޢަބްދުالله ދީދީ އަދި ޑިރެކްޓަރ ޖެނެރަލް އައިޝަތު ފަރީނާ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ހިއްސާ ކުރައްވާ!