މި ތަސްވީރުގައި މި ފެންނަނީ ޣައްޒާގެ ޚާން ޔޫނިސްގައި އިޒްރޭލު ސިފައިންގެ ޚިދުމަތުގައި ހަނގުރާމައިގެ ޖަރީމާތައް ހިންގަން ގުންފައި ޖަހަމުން ވަރުދައްކަމުން ނަށަމުން ދިޔަ ޒުވާން ޔަހޫދީ އަންހެނާއެވެ. ޖުލައި 27 ގައި އޭނާ ވަނީ އުމުރުން 30 އަހަރު ފުރުނު އުފަންދުވަސް ފާހަގަ ކޮށްފައެވެ. ޣައްޒާއިން އޭނާ އުފުލާފައި ވަނީ ސްޓްރެޗަރުގައެވެ. ހަމާސްއިން ވަނީ އޭނާގެ ދެފައި އަތުލައިގެންފައެވެ. މިހަރު އިޒްރޭލު ސަރުކާރުން އޭނާއަށް ހަދިޔާކޮށްފައި ވަނީ މަސްނޫއީ ސްޓެއިންސްޓީލް ދެފަޔެވެ. އުފަން ދުވަސް ފާހަގަ ކުރީ ގެއްލުނު ފަޔަށް ހިތާމަ ކުރަމުން ކަރުނަ އަޅަމުންނެވެ.
މީޑިއާއިން ބުނާ ގޮތުގައި އަންހެން މީހާ ނަސީބަކުން ސަލާމަތް ވީއެވެ. އެކަމަކު އޭނާއާއެކު ދެންތިބި 9 ޔަހޫދީ މުޖުރިމުން ނައްތާލުމުގައި ހަމާސް ކާމިޔާބުވިއެވެ.
ހަމާސްއިން ބޮން ގޮއްވާލައި މިމީހުންނަށް ހަމަލަ ދިނީ އެމީހުންގެ އާމަރޑް ވެހިކަލް ތެރޭގައި ތިއްބައެވެ. ހަމާސްއިން ވަނީ ޔަހޫދީ ސިފައިންގެ 1200 މީހުންނަށް މަސްނޫއީ ފައިތައް ހޯދައި ދިނުމުގައި ކާމިޔާބު ވެފައެވެ.






