ތުރުކީގެ ރައީސް ރަޖަަބް ޠައްޔިބް އަރ އަރްދޫޣާން ވިދާޅުވަނީ "ޓެރަރިސްޓް ދައުލަތް އިސްރާއީލުން ވަނީ 22 މަސް ދުވަހުގެ ތެރޭގައި ފަލަސްޠީނު ރައްޔިތުން އަނިޔާވެރިކަމާއެކު މަރަމުން ގޮސްފައި" އަދި ޣައްޒާގައި ނަސްލު ފޮހުމުގެ ގެ ޢަމަލުތައް ހިންގަމުންދާ ކަމަށެވެ. މިވާހަކަ ަެރުދުޣާން ވިދާޅުވެފައިވަނީ އަންކާރާގައި ހުންނަ ރިޔާސީ ގަނޑުވަރުގައި ކަޒަކިސްތާނުގެ ރައީސް ކާސިމް-ޖޯމާޓް ޓޯކައެވްއާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
އަރްދޫޣާން އިތުރަށް ވިދާޅުވެފައިވަނީ ޣައްޒާއިން ފެންނަމުންދާ ލާއިންސާނީ މަންޒަރުތަކަކީ "ނާޒީންގެ ކޭމްޕްތަކުގައި ހިންގި އަމަލތަކަށް ވުރެވެސް ނުބައި އަދި އަނިޔާވެރި" މަންޒަރުތަކެއް ކަމަށެވެ. އަދި ދުނިޔޭގެ ލޮލުގެ ކުރިމަތީގައި ފަލަސްޠީނު ރައްޔިތުން ބަނޑަށް ޖައްސައި އަދި ފެނަށް ޖައްސައި މަރުވަމުންދާކަމަށް އަރުދުޣާން ފާހަގަކުރެއްވިއެވެ.






