އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޣައްޒާގެ ރައްޔިތުން އެހެން ތަނަކަށް ބަދަލުކުރުމުގެ ޚިޔާލާ މެދު އަލުން ވާހަކަދައްކަވާފައެވެ. އިއްޔެ ދެއްވި ބަޔާނެއްގައި ޓްރަމްޕް ވިދާޅުވީ: "ބައެއް މީހުންނަށް ވަނީ ޣައްޒާގެ ރައްޔިތުން އެހެން ތަނަކަށް ބަދަލުކުރުމުގެ ޚިޔާލު ކަމު ގޮސްފައެވެ. އަދި އަނެއްބަޔަކަށް އެ ޚިޔާލު ކަމަކުނުދިޔައެވެ. މި ޚިޔާލު ތަންފީޒުކުރުމުގެ ކުރިން ކަންތައްތައް ދާގޮތް ބަލަން އެބަ ހުރީމެވެ."
ޓްރަމްޕް އިތުރަށް ވިދާޅުވީ: "ދެ ދުވަސް ކުރިން އަހަރެން ނެތަންޔާހޫއާ ވާހަކަދެއްކީމެވެ. އަހަރެމެން ބޭނުންވަނީ ޣައްޒާއަށް ކާބޯތަކެތި ރަނގަޅު ގޮތެއްގައި ބެހުމަށެވެ. އަދި އޭނާވެސް އެކަން ކުރަން ބޭނުންވެއެވެ."
އޭނާ އިތުރަށް ވިދާޅުވީ: "ޣައްޒާގައި ކާބޯތަކެތީގެ މަރުކަޒުތައް ހެދުމަށް އަވަހަށް މަސައްކަތް ފަށާނެއެވެ."
ޓްރަމްޕް ވިދާޅުވީ: "އަހަރެން އިނގިރޭސި ފަރާތާއެކު ފަލަސްޠީނު ދައުލަތެއް ގަބޫލުކުރުމާ ބެހޭގޮތުން އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާނެއެވެ."






