އެމެރިކާގެ ލަވަކިޔުންތެރިޔާ އަށް ބެނިންގެ ރައްޔިތުކަން

އަޅުންގެ ދަރިފަސްކޮޅަށް ގައުމިއްޔަތު ހުށަހަޅަން ފާސްކޮށްފައިވާ އާ ގާނޫނެއްގެ ދަށުން ބެނިންގެ ރައްޔިތެއްކަން ލިބުނު ފުރަތަމަ ފަރާތަކީ އެމެރިކާގެ ލަވަކިޔުންތެރިޔާ ސިއާރާ އެވެ.

އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ގްރެމީ އެވޯޑް ލިބިފައިވާ ލަވަކިޔުންތެރިޔާ ބުނީ އޭނާއަށް "ޝަރަފެއް ލިބިފައިވާ" ކަމަށާއި، އިތުރަށް ބުނެފައިވަނީ “ޝުކުރިއްޔާ ބެނިން އަހަންނަށް ތިބާގެ ހިތް ހުޅުވާލި ކަމަށްޓަކައި” ކަމަށެވެ.

މި ސިޓީޒަންޝިޕް ސްކީމަކީ ހުޅަނގު އެފްރިކާގެ ކުޑަކުޑަ ގައުމަކުން އެފްރިކާގެ ދަރިފަސާކޮޅާ ގުޅުން ބަދަހިކޮށް ސަގާފީ ފަތުރުވެރިކަން ކުރިއެރުވުމަށް ފަށާފައިވާ ސްކީމެކެވެ.

އާރް އެންޑް ބީ އާއި ގުޑީސް އާއި 1،2 ސްޓެޕް ފަދަ ޕޮޕް ހިޓް ލަވަތަކުން މަޝްހޫރު ސިއާރާ ރަސްމީކޮށް ރައްޔިތަކަށް ވެފައިވަނީ ކޮޓޯނޯ ސިޓީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

 

ހިއްސާ ކުރައްވާ!