މޮދީގެ ޚާރިޖީ ސިޔާސަތު ޓްރަމްޕްގެ ސިޔާސަތަށް ވުރެން ހަރުދަނާ ކަމަށް ބުނެފި

ދުނިޔޭގެ ޚާރިޖީ ސިޔާސަތުގެ މައިދާނަކީ އަބަދުވެސް ބަދަލުތަކާ އެކު ކުރިއަށްދާ މައިދާނެކެވެ. މި މައިދާނުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ބައެއް ގޮންޖެހުންތަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތް އިރު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯއްދަވާފައެވެ. ޓްރަމްޕްގެ ސިޔާސަތުތަކުގައި ފެނިގެންދިޔަ ބައެއް ދޯހަޅިކަންތައްތަކުގެ ތެރެއިން، މޯދީ ވަނީ އިންޑިއާގެ ބައިނަލްއަގްވާމީ ގުޅުންތައް ވަރުގަދަކޮށް، ދުނިޔޭގެ މުހިންމު ބާރެއްގެ ގޮތުގައި އިންޑިއާގެ ދައުރު ފުޅާކުރައްވާފައެވެ.

ޓްރަމްޕްގެ ވެރިކަމުގެ ފުރަތަމަ ދައުރުގައި އިންޑިއާއަށް ދެއްވި ސަމާލުކަމަކީ ފާހަގަކޮށްލެވޭ ކަމެކެވެ. ޓްރަމްޕްގެ ދެވަނަ ގައި މޮދީއަކީ ވައިޓް ހައުސްއަށް އެންމެ ފުރަތަމަ ޒިޔާރަތް ކުރެއްވި ލީޑަރުންގެ ތެރޭން ލީޑަރެކެވެ.

ދެއުޅި އެއްނުވުމެއްގައި ޓްރަމްޕް ވަނީ ޗައިނާއާއި އިންޑިއާއަށް ނިސްބަތް ކޮށް ބާރުގަދަ ބަސްތަކެއް ވިދާޅުވެފައެވެ: "ޗައިނާގައި ފެކްޓްރީތައް ހަދައި އިންޑިއާއިން މަސައްކަތްތެރިން ހޯދުމުގެ ޒަމާން ނިމިއްޖެ،" އިންޑިއާއާއި ޗައިނާއަށް ގޮން ޖައްސަވަމުން ޓްރަމްޕް ވިދާޅުވި އެވެ.

ސެންޓަރ ފޯ އަ ނިއު އެމެރިކަން ސެކިއުރިޓީގެ ޑިރެކްޓަރު ލީސާ ކަރޓިސް ނިއުސްވީކަށް ވިދާޅުވިގޮތުގައި، "ފުރަތަމަ ޓްރަމްޕްގެ ވެރިކަމުގައި ޚާރިޖީ ސިޔާސަތުގެ އެންމެ ބޮޑު އެއް ކާމިޔާބީއަކީ އެމެރިކާ-އިންޑިއާގެ ގުޅުން ސްޓްރެޓެޖިކް ޕާޓްނަޝިޕް މަތިކުރުން،" ކަރޓިސް ކުރިއަށް ގެންދެވި އެވެ. "ޓްރަމްޕްގެ ދެވަނަ ވެރިކަމުގައި އެ ފައިދާތައް ގުރުބާން ކުރުމަކީ ގޯހަކަށް ވެދާނެ." ޓްރަމްޕް ވަނީ ރަޝިޔާގެ ތެޔޮ އެތެރެކުރާ ގައުމުތަކުން %100 އާއި ހަމައަށް ސެކަންޑަރީ ޓެރިފް ނަގާނެ ކަމުގެ އިންޒާރު ވެސް ދެއްވާފައެވެ. މިއީ އިންޑިއާއަށް އެއިން ނޭދެވޭ އަސަރެއް ކުރާނެ ކަމެއް ކަމަށް ބެލެވެއވެ.

ނަމަވެސް، މި ފަހުން އިންޑިއާއިން ކުރިއށް ގެންދިޔަ ޑިޕްލޮމެޓިކް ހަރަކާތްތަކުން އޮބްޒާވަރުން ވަނީ ސިއްސުވާލާފައެވެ. އިންޑިއާގެ ޑިޕްލޮމެޓިކް ކަލަންޑަރުގައި ގިނަ ޑިޕްލޮމެޓިކް ހަރަކާތްތަކެއް މި މަހު ފެނިގެން ހިނގައްޖެއެވެ.

މި މަހު ބޭއްވުނު ޖީ20 ސަމިޓާއެކު އިންޑިއާއިން ވަނި ވަރަށް ހަރަކާތްތެރި ޚާރިޖީ ސިޔާސަތެއް ދައްކާފައެވެ. ފްރާންސް، ޔޫއޭއީ، މިސްރު، އީރާން، ރަޝިޔާ — އަދި މިހާރު އިނގިރޭސިވިލާތާއި ރާއްޖެއާއެކު އިންޑިއާއިން ވަނީ ޚައްސަ ގުޅުންތަކަކަށް މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން ވެސް ވިސްނާނުލެވޭނެ ފިޔަވަޅެއްގެ ގޮތުން، އިންޑިއާއިން ވަނީ ޗައިނާ ފަތުރުވެރިންނަށް ވިސާ ދޭން ނިންމައި ދުނިޔެ ސިއްސުވާލާފައެވެ. މިއީ 2020 ވަނަ އަހަރު މައްސަލަ ބޮޑު ބޯޑަރު ސަރަހައްދެއްގައި ހިނގި ނުރައްކާތެރި ހަމަނުޖެހުންތަކާ ގުޅިގެން ފަސް އަހަރު ދުވަހަށް ވިސާ ދިނުން ހުއްޓާލެވިފައި އޮތުމަށް ފަހު ފެށި ކަމެކެވެ.

އިންޑިއާއިން ވަނީ އިނގިރޭސިވިލާތާއެކު ކާމިޔާބު ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލާފައެވެ. މިއީ ދުނިޔޭގެ ވިޔަފާރީގެ ފުރުސަތުތައް ހުރިކަން ދައްކުވައިދޭ ކަމެކެވެ. އަދި ކުރިން ޗައިނާއާއެކު ގުޅުން ބަދަހި ކުރަމުން ދިޔަ ރާއްޖެއާއެކު އިންޑިއާއިން ކުރިއަށް ގެންދިޔައީ ސިހޭފަދަ ގާތް އެކުވެރި މަޝްވަރާތަކެކެވެ.

މި ފިޔަވަޅުތަކުން ދައްކުވައިދެނީ ގްލޯބަލް ސްވިންގް ޕަވަރެއްގެ ގޮތުގައި އިންޑިއާގެ ދައުރު ފުޅާވަމުންދާ ކަން ކަމަށް ޖިއޮޕޮލިޓިކަލް އެނަލިސްޓުން ބުނެ އެވެ.

މުހައްލިލުން ބުނާ ގޮތުގައި މިހާރު ބައިނަލްއަގްވާމީ ގުޅުމުގައި އިންޒާރުތަކަކީ އާ ބަސްކޮށާރައަށް ވެއްޖެ ކަމަށެވެ. އަދި ހިތަށް އެރި ގޮތަކަށް އަމަލު ކުރުމަކީ އާ އުސޫލަކަށް ވެއްޖެ ކަމަށެވެ. އެހެންވެ، ކޮންމެ ގައުމެއްގައި ވެސް ޕްލޭން ބީ އަކާއި ޕްލޭން ސީ އެއް ބޭނުން ކުރާ ކަމަށާއި އިންޑިއާއިން މިހާރު ވަނީ ހުރިހައި ދިމާއަކުން ގަދަ ބަދަހިކޮށް ސިޔާސަތުތައް އެކުލަވާލާފައެވެ.

މިކަންކަމުން ހާމަވަނީ، ޓްރަމްޕްގެ ޚާރިޖީ ސިޔާސަތުގެ ދާއިރާގައި ދިމާވާ ގޮންޖެހުންތަކާ ޚިލާފަށް، ބޮޑުވަޒީރު މޯދީގެ ވެރިކަމުގައި އިންޑިއާ ބައިނަލްއަގްވާމީ މައިދާނުގައި ފުރިހަމައަށް ކުޅަދާނަ، މުހިންމު ބާރެއްގެ ގޮތުގައި ފާހަގަކުރެވި ގެންދާ ކަމެވެ. އަދި މޯދީގެ ޑިޕްލޮމެޓިކް ހުނަރުތަކާއި ސިޔާސީ ހިކުމަތްތެރިކަން، ދުނިޔޭގައި އިންޑިއާއިން އަދާ ކުރާ ދައުރުން ހާމަވެއެވެ.

ހިއްސާ ކުރައްވާ!