ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އ.ދ. ގެ އާންމު މަޖިލީހުގައި ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ތާއީދުކުރައްވާނެ ކަމަށް ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ ޢުލާނުކުރައްވައިފިއެވެ.
މީޑިއާގައި ކާނީ ވިދާޅުވެފައިވަނީ "ދެ ދައުލަތުގެ ހައްލެއްގެ ފުރުސަތު އަޅުގަނޑުމެންގެ ކުރިމަތިން ފަނޑުވަމުންދާ" ކަމަށެވެ. އަދި އިސްރާއީލު ސަރުކާރަށް ސީދާ ފާޑުވިދާޅުވެ، "ޣައްޒާގައި އިންސާނީ ކާރިސާއަކަށް އިސްރާއީލު ސަރުކާރުން ހުއްދަދިނުމަކީ ކެނެޑާއިން ކުށްވެރިކުރާ ކަމެއް" ކަމުގައި ވިދާޅުވިއެވެ.
Canada has long been committed to a two-state solution — an independent, viable, and sovereign Palestinian state living side by side with the State of Israel in peace and security.
My statement on Canada’s recognition of a Palestinian state: pic.twitter.com/VHW1ziQ9s0
— Mark Carney (@MarkJCarney) July 30, 2025
ކެނެޑާގެ މި ފިޔަވަޅަށް ފްރާންސުން މަރުޙަބާ ކިޔައި، "ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް އިތުރު ޤައުމުތަކަށް ބާރުއެޅުމަށް ކުރާ މަސައްކަތްތައް ކުރިއަށް ގެންދާނެ" ކަމަށް ކަށަވަރުކޮށްދީފައި ވެއެވެ.
ކެނެޑާގެ މި ފިޔަވަޅަކީ ފްރާންސާއި އިނގިރޭސިވިލާތުން އިޢުލާނުކުރި މިފަދަ ފިޔަވަޅުތަކާ ގުޅިގެން އެޅި ފިޔަވަޅެކެވެ. ކުރިއަށް އޮތް އާންމު މަޖިލީހުގައި ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެ ކަމަށް ޕެރިހުން އިޢުލާނުކުރިއިރު، ލަންޑަނުން ވަނީ އެ ދައުލަތް ބަލައިގަތުމާއި އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓާލުމާ ގުޅުވާލާފައެވެ.






