ފަލަސްޠީނު މީހުން ބަނޑަށް ޖައްސައި ހަނގުރާމައިގެ ޖަރީމާތައް ހިންގަމުން ޣައްޒާގައި އިސްރާއީލުން ކުރިއަށް ގެންދާ އަސްކަރީ އޮޕަރޭޝަންތަކަށް އެމެރިކާގެ ރައްޔިތުންގެ ނުރުހުން އިތުރު ވަމުންދާ ކަމަށް ދައްކައިފިއެވެ. ގެލޮޕް އިން ހަދާފައިވާ ސާވޭއިން ދައްކާ ގޮތުގައި މިއިން ދުވަހަކު އިޒްރޭލާއި ޒަޔަނިސްޓުން ދެކެ ރުޅި ނައަންނަ މިންވަރަށް އެމެރިކާ މީހުންގެ މެދުގައި މިހާރު ރުޅިވެރިކަން އިތުރު ވެފައި ވެއެވެ.
ޚިޔާލު ހޯދުމުގައި ބުނެފައި ވަނީ ފަލަސްޠީނު މީހުންގެ ހޮލޮކޯސްޓް ހިންގުމަށް އެމެރިކާގައި ތާއީދުކުރަނީ އެމެރިކާގެ އާބާދީގެ ތިންބައިކުޅަ އެއްބައި މީހުން ކަމަށެވެ. އަދި އެމެރިކާގެ ދެބައިކުޅަ އެއްބައި މީހުން ދެކެނީ ޔަހޫދީންގެ ބޮޑު ވަޒީރު ނަތަންޔާހޫ އަކީ ޚަސީލަތް ނުބައި ނުލަފާ މީހެއް ކަމަށެވެ.
އިޒްރޭލުގެ އަނިޔާވެރިކަމާއި ހަނގުރާމައިގެ ޖަރީމާތަކާ ދެކޮޅަށް މީހުންގެ ވިސްނުން ބަދަލު ވަމުންދާއިރު ދުނިޔޭގައިވެސް މީހުންނަށް ދަނީ ޔަހޫދީ ޒަޔަނިސްޓުންގެ ހަގީގަތް ސާފު ވަމުންނެވެ.
ނިއުޔޯކު ޓައިމްސްގައިވެސް ޔަހޫދީންގެ އަނިޔާވެރިކަން ކިޔައިދޭން ފަށާފައި ވެއެވެ. އެ ނޫހަކީ މިދިޔަ ތަނުގައި ޔަހޫދީންނަށް ތާއީދު ކުރި ނޫހެކެވެ. އަދި އެނޫހުގެ އެޑިޓަރުންނަށް އަންނަނީވެސް ޔަހޫދީންނެވެ.






