ފަލަސްޠީނުގެ މަސްއޫލުވެރިންނަށް ވިޒާ ނުދޭން އެމެރިކާއިން ނިންމައިފި

އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާއިން ފަލަސްޠީނު އޮތޯރިޓީގެ އިސްވެރިންނާއި ފަލަސްޠީނު ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ) ގެ މެންބަރުންނާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.

އެމެރިކާގެ ޚާރިޖިއްޔާގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، މި ފިޔަވަޅުތަކުގެ ސަބަބުން އަމާޒުކުރެވިފައިވާ ފަރާތްތަކަށް އެމެރިކާއަށް ދަތުރުކުރުމަށް ވީޒާ ލިބުން މަނާވެގެންދާނެ ކަމަށެވެ.

އަދި ބަޔާނުގައި އިތުރަށް ބުނެފައިވަނީ: "ފަލަސްޠީނު ލިބަރޭޝަން އޯގަނައިޒޭޝަނާއި ފަލަސްޠީނު އޮތޯރިޓީން އެފަރާތުން އަދާ ކުރަން ޖެހޭ ޒިންމާތައް އަދާނުކުރާ ކަމަށާއި، ސުލްޙައަށް އޮތް ފުރުޞަތުތައް ނައްތާލުމާ ގުޅިގެން، އެފަރާތްތަކަށް ފިޔަވަޅު އެޅުމާއި ޖަވާބުދާރީ ކުރުވުމަކީ އެމެރިކާގެ ޤައުމީ ސަލާމަތާ ގުޅިފައިވާ މަޞްލަޙަތެއް" ކަމަށެވެ.

 

 

ހިއްސާ ކުރައްވާ!