ޕޯޗުގަލް އިން ފަލަސްޠީނުގެ ދައުލަތް ބަލައި ގަތުމަށް ވިސްނަނީ

ޕޯޗުގަލްގެ ސަރުކާރުން ސެޕްޓެމްބަރު މަހު އދ. ގައި ފަލަސްޠީނު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ދިރާސާ ކުރަމުންދާ ކަމަށް ޕޯޗުގަލްގެ ބޮޑުވަޒީރު ލުއިސް މޮންޓެނީގްރޯގެ އޮފީހުން ބުރާސްފަތި ދުވަހު އިޢުލާނުކޮށްފިއެވެ. އެ އޮފީހުން ބުނެފައި ވަނީ އެ މައްސަލާގައި ރައީސާއި ޕާލިމަންޓާ އަދި އިތުރަށް މަޝްވަރާކުރާނެ ކަމަށެވެ.

ބޮޑު ވަޒީރުގެ އޮފީހުގެ ބަޔާނެއްގައި ބުނެފައިވަނީ، ޕޯޗުގަލުން "މި އަންނަ ސެޕްޓެމްބަރު މަހު ނިއުޔޯކުގައި އޮންނަ އދ. ގެ ޖެނެރަލް އެސެމްބްލީގެ 80 ވަނަ ދައުރުގެ ހަފްތާގެ ތެރޭގައި ފަލަސްޠީނު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމާ މެދު" ދިރާސާކުރަމުންދާ ކަމަށެވެ.

 

ހިއްސާ ކުރައްވާ!