އިނގިރޭސިންނާއި ފަރަންސޭސިން ފަލަސްޠީނުގެ ދައުލަތް ބަލައި ގަންނާނެ ކަން އިއުލާން ކުރުމުން ޔަހޫދީން ރުޅިގަދަ ވެއްޖެއެވެ.، އިޒްރޭލުގެ ޕާލަމެންޓްގެ ރައީސް ބުނަނީ ފަލަސްޠީނުގެ ދައުލަތެއް ބިނާ ކުރަންވީ ލަންޑަން ނޫނީ ޕެރިހުގައި ކަމަށެވެ.
އިސްރާއީލުގެ ކްނެސެޓްގެ ރައީސް އަމީރު އޮހާނާ ވަނީ ފަލަސްތީނުގެ ދައުލަތެއް ޤާއިމްކުރުމަކީ "ހަމާސްއަށް ދެވޭ އިނާމެއް" ކަމުގައިދެކޭ ކަމަށް ބުނެ ހުޅަނގުގެ ގައުމުތަކަށް ފާޑު ކިޔާފައެވެ. އަދި އެ ދައުލަތް އުފައްދަން ބޭނުން މީހުން އެމީހުންގެ އަމިއްލަ ސަރަހައްދުތަކުގައި އެ ދައުލަތް ބިނާ ކުރަންވީ ކަމަށް ވެސް ބުނެއެވެ.
"ފަލަސްތީނުގެ ދައުލަތެއް ބަލައިގަތުމަށް ވިސްނާ ޤައުމުތަކުގެ ޒަޢީމުން އެ ދައުލަތް އެބައިމީހުންގެ ވެރިރަށްތަކުގައި ޤާއިމްކުރަން ވީއެއް ނު؟" މިފަދައިން ޖެނީވާގައި ބޭއްވި އިންޓަރ ޕާލަމެންޓްރީ ޔޫނިއަންގެ ވޯލްޑް ޕާލަމެންޓްތަކުގެ ރައީސުންގެ 6 ވަނަ ކޮންފަރެންސްގައި އޮހާނާ ބުންޏެވެ. އިތުރަށް އޭނާ ބުނަނީ ފަލަސްޠީނުގެ ދައުލަތް ބަލައި ގަތުމުން ޒަޔަނިސްޓުންނާއި ޔަހޫދީންނަށް އިތުރު ގެއްލުންތަކެއް ކުރިމަތިވެގެންދާނެ ކަމަށެވެ.
ޔޫރަޕުން ދަނީ އިޒްރޭލުގެ ބަނޑަށް ޖެއްސުމާއި ހޮލޮކޯސްޓްގެ ސިޔާސަތާ ދެކޮޅަށް ފާޑު ކިޔަމުންނެވެ. ދުނިޔޭގެ ގިނަ ބަޔަކަށް ދަނީ އިޒްރޭލުގެ ހަގީގަތް ސާފު ވަމުންނެވެ.






