ޗައިނާގެ 167 ބިލިއަން ޑޮލަރުގެ މެގަ ކޮންސްޓްރަކްޝަން މަޝްރޫޢުއިން ބައިނަލްއަޤްވާމީ ކަންބޮޑުވުންތަކެއް

ޗައިނާގެ 167 ބިލިއަން ޑޮލަރުގެ މެގަ ކޮންސްޓްރަކްޝަން މަޝްރޫޢުއިން ބައިނަލްއަޤްވާމީ ކަންބޮޑުވުންތަކެއް އުފެދިއްޖެ އެވެ. ޗައިނާއިން ޓިބެޓުގައި ކުރިއަށްގެންދާ ދުނިޔޭގެ އެންމެ ބޮޑު ހައިޑްރޯޕަވަރ ޑޭމް އެޅުމުގެ މަޝްރޫޢުއާ ގުޅ ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ކަންބޮޑުވުންތަކެއް ފާޅުކުރަމުންދެއެވެ.

އިންޖިނިއަރިންގ ދާއިރާގެ އިންޤިލާބީ ކާމިޔާބީއެއްގެ ގޮތުގައި ޗައިނާއިން ދައްކާ މި މަޝްރޫޢަކީ މަޝްހޫރު ތްރީ ގޯޖަސް ޑޭމަށްވުރެވެސް ބޮޑު މަޝްރޫޢެއްކަން ކަށަވަރެވެ.

މި މަޝްރޫޢުގެ މަޤްޞަދަކީ ޗައިނާގެ ސާފު ހަކަތަ އުފެއްދުން އިތުރުކުރުމާއި، ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާ އިމާރާތްކުރުމާއި ހެވީ އިންޑަސްޓްރީގެ ދާއިރާތަކަށް ހިތްވަރުދިނުމެވެ. ނަމަވެސް، މި މަޝްރޫޢާ ގުޅިގެން ބައެއް ކަންބޮޑުވުންތައް ފާޅުކުރެވެމުންދެއެވެ.

ގައުމުތަކުގެ ބައިނަލްއަޤްވާމީ ސަރަޙައްދުތަކާ ކައިރިވުމާއި، މުހިންމު ފެނުގެ ވަސީލަތްތައް ކޮންޓްރޯލްކުރުމުގެ ސަބަބުން އިންޑިއާ އަދި ބަންގްލަދޭޝް ފަދަ އަވައްޓެރި ޤައުމުތަކުގައި ކަންބޮޑުވުންތައް އުފެދިފައިވެއެވެ.

ހިމާލަޔާ ފަރުބަދަތަކުގެ މެދުތެރޭގައި ޤާއިމުކުރެވޭ މި މެގަ ޑޭމަކީ އިންޑިއާގެ އަރުނާޗަލް ޕްރަދޭޝްގެ ހައްސާސް ސަރަޙައްދާ އިންވެގެންވާ މެޑޮގް ކައުންޓީގެ ޔާރްލަންގް ޓްސަންގްޕޯ ކޯރުގައި އިމާރާތްކުރެވޭ ސްޓްރެޓެޖިކް ގޮތުން މުހިންމު ބޮޑު ޑޭމެކެވެ.

މި ސަރަޙައްދަކީ ނިއުކްލިއަރ ހަތިޔާރު ގެންގުޅޭ ދެ އަވައްޓެރި ޤައުމެއްގެ ދެމެދުގައިވާ ނާޒުކު ސަރަޙައްދަކަށްވުމުން، ޖިއޯޕޮލިޓިކަލް ގޮތުން ވަރަށް މުހިންމު ސަރަޙައްދެކެވެ. އަދި މިއީ އިންޑިއާ އަދި ޔޫރޭޝިއާގެ ޓެކްޓޮނިކް ޕްލޭޓްތައް ބައްދަލުވާ، ދުނިޔޭގެ އެންމެ ބިންހެލުން ގިނަ ސަރަޙައްދުތަކުގެ ތެރެއިން އެއް ސަރަޙައްދު ކަމަށްވާ އިންޑޯ-ޓްސަންގްޕޯ ސުޗުއާ ޒޯންގައިވެސް ހިމެނޭ ސަރަޙައްދެކެވެ.

މިސަހަރަހައްދު ކޮނުމާއި އަދި ފެންބަންދު ކުރުމާއި ފެން ދަތުރުކުރާ މަގު ބަދަލު ކުރުމުގެ ސަބަބުން ކޯރުގެ ފެން އޮހޭ ގައުމުތަކަށް މިއިން އަސަރުކުރާނެ ކަމަށައި ދިގު މުއްދަތުގެ ނޭދެވޭ ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ބުނަމުން ދެއެވެ.

 

ހިއްސާ ކުރައްވާ!