ޓިކްޓޮކުގައި ޔަހޫދީންނަށް ފާޑު ކިޔައި ހަދާތޯ ބެލުމަށް ފާރަވެރިވާ އޮފީހުގެ އިސްވެރިއަކަށް ޔަހުދީއަކު ހަމަޖައްސައިފިއެވެ. ޕަބްލިކް ޕޮލިސީ މެނޭޖަރުގެ މަގާމަށް ހަމަޖައްސާފައިވާ ޔަހޫދީ މީހާއަކީ ޔަހޫދީންގެ އިސްރާއީލުގެ ކުރީގެ ސިފައިންގެ މީހެއް ކަމަށްވާ އެރިކާ މިންޑެލް އެވެ. އޭނާ ހޮލޮކޯސްޓްގެ ފަންނީ މަސައްކަތުގައި އުޅުނު ކަމެއް އަދި އެނގިފައެއް ނުވެއެވެ.
ލިންކްޑްއިން ޕްރޮފައިލްގައިވާ ގޮތުން މިންޑެލް ގެ މަސައްކަތަކީ ޓިކްޓޮކްގައި ޔަހޫދީންނަށް ފާޑު ކިޔާ މީހުންނަށް ފާރަލުމެވެ. އޭނާ އެވަޒީފާ ފެށީ މި އަހަރުގެ ޖުލައި މަހު އެވެ.
ޓިކްޓޮކްއާ ގުޅުމުގެ ކުރިން މިންޑެލް ވަނީ ބައިޑަންގެ ސަރުކާރުގައި އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ކޮންޓްރެކްޓަރެއްގެ ގޮތުގައި 2022 އިން 2025 އަށް މަސައްކަތްކޮށް ފައެވެ. އެ މުއްދަތުގައި އޭނާ ވަނީ، ޔަހޫދީންނަށް ފާޑުކިޔާ ފަރާތްތައް ހޯދައި އެކަމުގެ މައުލޫމާތު ސްޕެޝަލް އެންވޯއީ ޑެބޮރާ ލިޕްސްޓަޑް އަށް ދިނުމަށް އެހީތެރިވެދީފަ އެވެ.
އޭގެ ކުރިން އެމެރިކަން ޖޫސް ކޮމިޓީ (އޭޖޭސީ) ގެ އެސިސްޓެންޓް ޑިރެކްޓަރ އޮފް ޕްރޮގްރާމް ޑިވެލޮޕްމަންޓްގެ މަގާމުގައި ދެ އަހަރު އޭނާ ހޭދަ ކުރިއެވެ.






