މިޔަންމާގެ ސިފައިންގެ ސަރުކާރުން 4 އަހަރާއި ބައި ވަންދެން ހިންގާފައި ބޭއްވި ކުއްލި ނުރައްކަލުގެ ހާލަތު އިއްޔެ އުވާލައިފިއެވެ. މިއީ ޑިސެންބަރު މަހު ބާއްވާ އިންތިޚާބަށް ތައްޔާރު ވުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށް ސިފައިން ބުނެއެވެ.
ނަމަވެސް އިދިކޮޅު ޖަމާއަތްތަކުން ބުނަނީ މިއިންތިޚާބު ބޮއިކޮޓް ކުރާނެ ކަމަށެވެ. އދންވެސް ބުނެފައި ވަނީ މިއީ ސިފައިން އިންތިޚާބު އޮޅުވާލައި ވެރިކަމުގައި ތިބެންވެގެން ހިންގާ އޮޅުވާލުމެއް ކަމަށެވެ.
މިޔަންމާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ، ކުރީގެ ސަރުކާރުގެ ލީޑަރު އަންގް ސަން ސޫކީގެ މަދަނީ ސަރުކާރު ވެރިކަމުން ދުރުކުރުމަށް ފަހުއެވެ. ސިފައިން ވަނީ ދާޚިލީ ހަނގުރާމައެއް ފެށުމުން 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ.
މި ކުއްލި ނުރައްކާ އިއުލާން ކުރުމާއެކު ސިޔާސީ ލީޑަރުން ވަނީ ޖަލަށް ލާފައެވެ.


