ޔަހޫދީ އަސީރުންގެ ހާލަތު ކިޔައިދޭ ވީޑިއޯއެއް ހަމާސްއިން ފޮނުވައިފި

ހަމާސްގެ މެހުމާންދާރީގައި ގެންގުޅޭ ޔަހޫދީ ހަނގުރާމަވެރި އަސީރެއްގެ އާ ވީޑިއޯތައް އާންމުކޮށްފިއެވެ. އެ ވީޑިއޯއިން ދައްކައި ދޭން ބޭނުންވީ ޔަހޫދީ އަސީރުން ތިބި ހާލަތެވެ.

ޢިއްޒުއްދީން އަލްޤައްސާމް ބްރިގޭޑްގެ އެއް ވީޑިއޯ އިން ފެންނަނީ ހަނގުރާމައިގެ އަސީރު އަބިތާރު ޑޭވިޑް އެވެ. އޭނާ ފެންނަނީ އެހެން އަސީރަކު ދޫކޮށްލާއިރު ބަލަން ހުންނަ މަންޒަރެވެ. އެއިރު އޭނާ ހުންނަނީ ރޫފަ ރަނގަޅު ކޮށެވެ.

ފަހުން އޭނާ ފެންނަ ވީޑިއޯގައި ފެންނަނީ އަނަރޫފަވެފައި ވަނިކޮށެވެ.

އަދި އެ ވީޑިއޯގައި ޣައްޒާއަށް ފޮނުވަން ޖެހޭ އެއްޗަކީ ބޮން ކަމަށް ޔަހޫދީންގެ ގައުމީ ސަލާމަތީ މިނިސްޓަރު އިޓަމާ ބެން ގްވީރު ބުނާ ވީޑިއޯ ވެސް ހިމަނާފައި ވެއެވެ. އަދި އެއް ވީޑިއޯއެއްގައި ޔަހޫދީ އަސީރަކު ފެން ބޯ މަންޒަރު ފެންނައިރު، ޣައްޒާއަށް ބެބީ ފޯމިއުލާ ވަނުން މަނާކުރުމުގެ ސަބަބުން ފަލަސްތީނުގެ ކުޑަކުއްޖަކު ވަރަށް ބޮޑަށް ބަނޑުހައިހޫނުކަމުގެ ޝިކާރައަކަށް ވެފައިވާ މަންޒަރެއްވެސް ދައްކާލައެވެ.

އެ ވީޑިއޯ ނިންމާލަނީ "އަހަރެމެން ކާ އެއްޗެއް ކައިގެން އަހަރަމެން ބޯ އެއްޗެއް ބޮއެގެން ތިބެނީ" ކަމަށް  ބުނަމުންނެވެ.

ހިއްސާ ކުރައްވާ!