ފަލަސްޠީނުގެ ޝަހީދެއްގެ ޖީބުން އަސަރުގަދަ ލޯބީގެ މެސެޖެއް

ކާނާ ހޯދުމަށް ނިކުމެ އުޅުމުގެ ތެރޭގައި ޔަހޫދީން ބަޑިޖަހައި ޝަހީދު ކޮށްލި މީހެއްގެ ޖީބުން ފެނުނު ލޯބީގެ ސިޓީއާ ގުޅިގެން ޔަހޫދީ ޒަޔަނިސްޓުންނަށް މީހުންގެ ފުރައްސާރައާއި ނުރުހުން އިތުރު ވެއްޖެއެވެ.

އަލްއައުދާ ހަސްފަތާލަށް ގެނައި ކާކުކަން ނޭނގޭ ޝަހީދެއްގެ ޖީބުން އޭނާގެ ވަނަވަރު ހޯދުމަށް ބަލަމުން ދަނިކޮށް ފެނުނީ ޓިޝޫއެއްގައި ލިޔެފައިވާ ލޯބީގެ މެސެޖެކެވެ.

މީސްމީޑިއާ ވަނީ މިކަމާ ގުޅިގެން ބަންޑުންކޮށްލާފައެވެ.

މިމެސެޖަކީ ކާކު ކާކަށް ފޮނުވާ މެސެޖެއް ކަން ނޭނގޭ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ޖަޒުބާތީ ޝުއޫރުތައް ފާޅުކޮށްފައެވެ.

ހިއްސާ ކުރައްވާ!