ހޮލޮކޯސްޓްގައި މީހުން ބަނޑަށް މަރުވިއަސް ދެ ޙަމަރަމްފުޅުގެ ގައުމުގައި ކޮމެޑީ ފެސްޓިވަލް ކުރިއަށް ގެންދާނެ

ސައޫދީ ނާޗަރަންގީ އިދާރާ، ޖެނެރަލް އެންޓަޓެއިންމަންޓް އޮތޯރިޓީގެ ޗެއާމަން ތުރުކީ އާލުއްޝެއިޚް އިއުލާން ކުރެއްވިގޮތުގައި ސައޫދީ ވެރިރަށުގައި ބާއްވަން އުޅޭ ރިޔާޒު ކޮމެޑީ ފެސްޓިވަލްގެ ޓިކެޓް އޮންލައިންކޮށް ލިބެން ހުންނާނެއެވެ. ދެހަމަރަމްފުޅުގެ ޤައުމުގެ ވެރިރަށުގައި މި މަހުރަޖާނު އޮންނާނީ ސެޕްޓެމްބަރު 26 އިން އޮކްޓޯބަރު 9، އަށެވެ.

މިހާތަނަށް ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ކޮމެޑީ ފެސްޓިވަލް ދިމާވެފައި ވަނީ މިހާތަނަށް ދުނިޔެ ދުށް އިންސާނުންގެ ހޮލޮކޯސްޓްގެ އެންމެ ބޮޑު ބަނޑަށް ޖެއްސުމުގެ ކާރިސާގެ ތެރޭގައެވެ.

މި މަހުރަޖާނު ބާއްވާނީ ރިޔާޟްގެ ބޯލްވާޑް ސިޓީ ސަރަހައްދުގައި ބޮޑު ތިން ތިއޭޓަރެއް ގައެވެ.

މިމަހުރަޖާނުގައި 26 ފަންނާނުން ބައިވެރިވާއިރު އީރާނު ދަރިކޮޅުގެ އިނގިރޭސިވިލާތުގެ ކޮމީޑިއަން އުންމީދު ޖަލީލީއަކީ ފަލަސްޠީނަށް ފާޅުގައި ސަޕޯޓު ކުރާ ފަރާތެކެވެ. އެނޫން އެހެން 25 ފަރަތާކީ ފާޅުގައި ފަލަސްޠީނަށްވެސް އަދި އިޒްރޭލަށްވެސް ސަޕޯޓު ކުރާކަމަށް ބުނެ އިއުލާން ކޮށްފައިވާ ފަރާތެއް ނޫނެވެ.

ހިއްސާ ކުރައްވާ!