ނިއުޔޯކު ފުލުހުންގެ ތެރޭގައި އަންހެނުންނަށް ނުރައްކާ ކަމަށް ބުނެފި

ނިއުޔޯކު ފުލުހުންގެ ތެރޭގައ ޚިދުމަތް ކުރުމަކީ އަންހެނުންނަށް ނުރައްކާ ކަމެއް ކަމަށް ނިއުޔޯކުގެ އަންހެން ފުލުހަކު ބުނެފިއެވެ، އޭނާ ކިޔައިދިން ގޮތުގައި އޭނާއާ އޭނާގެ އިސް އޮފިސަރު އޭނާއާ ބެހި، ޖިންސީ ގޯނާކޮށް ހެދިކަމަށް ބުނެ ޝަކުވާ ކުރުމުން ފުލުހުން އޭނާ ފޮނުވައިލީ ނަފްސާނީ ޑޮކްޓަރެއްގެ ގާތަށެވެ.

އޮފިސަރު ޖޭސްމީން ވޯލްސްއަކީ އުމުރުން 31، އަހަރުގެ ޒުވާނެކެވެ. އޭނާ ބުނީ އޭނާއާ އެކު މަސައްކަތް ކުރާ ޑިޓެކްޓިވް ކާލޯސް ޒަމްބްރާނޯގެ އުނދަގުލާއި އަނިޔާތަކަށް ވަރަށް ގިނަ ދުވަހު ކެތްކޮށްފައިވާ ކަމަށެވެ.

ނިއުޔޯކް ޕޯސްޓަށް ވޯލްސް ވަނީ ފުލުސް އޮފިސަރު ފޮނުވާފައިވާ ފޮޓޯތަކާއި ޓެކްސްތައްވެސް ހިއްސާކޮށްފައެވެ.

ޝަކުވާ ކުރުމުން އޭނާއަކީ ނަފްސާނީ ބަލި މީހެއްކަމަށް ބުނެ ޑޮކްޓަރަށް ރިފަރކޮށް، ހަތިޔާރާއި ބެޖާއި އައިޑީ އަތުލާފައިވާ ކަމަށް ބުނެފައި ވެއެވެ.

އަންހެން ފުލުސްމީހާ ވަނީ މިމައްސަލަ މިހާރު ޝަރީއަތަށް ހުށަހަޅާފައެވެ.

ހިއްސާ ކުރައްވާ!