ޔަހޫދީ ޒަޔަނިސްޓުން ވަނީ ހުޅަނގު އައްސޭރިއާއި ގުދުސް އިން ފަލަސްޠީނުގެ 18،500 އަށް ވުރެން ގިނަ މީހުން ހައްޔަރުކޮށްފައެވެ. އަދި އޭގެ އިތުރުން ޔަހޫދީން ދަނީ ފަލަސްޠީނު މީހުން ނިޒާމުން ގެއްލުމާލުމުގެ އަމަލުތައްވެސް ހިނަގމުންނެވެ.
ފަލަސްޠީނުގެ ގައިދީންނާ ބެހޭ ޖަމުއިއްޔާއިން ބުނާ ގޮތުގައި ޔަހުދީން ވަގަށް ނަގާ ފަލަސްޠީނު މީހުންނަށް ބޮޑެތި އަނިޔާތައް ކޮށް، އިހާނާތްތެރި ހާލަތްތަކުގައި ގެންގުލެމުން ގެންދެއެވެ. އަދި ޔަހުދީން ވަގަށް ނަގާ މީހުންގެ އާއިލާތަކަށް އިންޒާރު ދިނުމާއި ގެދޮރު ހަލާކުކޮށްލުމާއި ގެތަކުން ފައިސާއާއި މީހުންގެ އުޅަނދުފަހަރާއި ގަހަނާ އަތުލުމުގެ އިތުރުން ފަލަސްޠީނު މީހުން އިންސާނީ އައްޑަނައިގެ ގޮތުގައިވެސް ބޭނުން ކުރަމުން ގެންދާކަމަށް ބުނެއެވެ.
ހޮލޮކޯސްޓް ފެށިފަހުން ޔަހޫދީން ވަގަށް ނަގާފައިޥާ އަންހެނުންގެ އަދަދު 570 އަށް ވުރެން އިތުރު ވާނެ ކަމަށްވެސް ބުނެއެވެ. އަދި ހުޅަނގު އައްސޭރީގައި މަދުވެގެން 1،500 ކުޑަކުދިން ވަގަށް ނަގާފައިވާ ކަމަށްވެސް އަސީރުންގެ ޖަމުއިއްޔާގެ ލިޔެކިޔުންތަކުން ދައްކައެވެ. ހޮލޮކޯސްޓްގައި ގިނަ އަދަދަކަށް ނޫސްވެރިން މަރައި ނޫސްވެރިން ވަގަށް ނެގުންވެސް އާންމު ވެފައި ވެއެވެ. ޔަހޫދީން މިހާރުވެސް 194 އަށް ވުރެ ގިނަ ނޫސްވެރިން ވަގަށް ނަގައިގެން އުޅޭ ކަމަށް ދައްކައެވެ.
ހޮލޮކޯސްޓް ހިންގަން ފެށިފަހުން ޔަހޫދީން ޖަލުތަކުގައި އަނިޔާކޮށްގެން ފަލަސްޠީނުގެ 75 އަސީރުން ޝަހީދުކޮށްފައި ވެއެވެ. އޭގެ ތެރޭގައި ސަޔާޅީސް ޝަހީދުންނަނީ ގައްޒާގެ މީހުންނެވެ. އެމީހުންގެ މަރާ ބެހޭ ތަފްސީލާއި އެމީހުންނާ ބެހޭ މައުލޫމާތު އަދިވެސް ޔަހޫދީން ދީފައި ނުވެއެވެ.
ހޮލޮކޯސްޓަށް ފަހު ޔަހޫދީން ވަނީ މަހާނަތައް ކޮނެގެން ގަބުރުތައްވެސް ވަގަށް ނަގާފައެވެ. މިހާތަނަށް ޔަހޫދީން ވަގަށް ނަގައިގެން 72 ޝަހީދެއްގެ ގަބުރު ގެންގުޅޭ ކަމަށް ތަފާސްހިސާބުން ދައްކާކަމަށް އަސީރުންގެ ޖަމުއިއްޔާއިން ބުނެއެވެ.
މިދިޔަ ޖުލައި މަސް ނިމުނު އިރު، ޔަހޫދީންގެ ޖަލުތަކުގައި ވަގަށް ނަގާފައިޥާ މީހުންނާއި އަސީރުންގެ އަދަދު ގާތްގަނޑަކަށް 10،800 އަށް އަރާފައިވާނެ ކަމަށް ލަފާ ކޮށްފައި ވެއެވެ.





