ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ލިބުމަށް އެދޭ ކަމަށާއި، އެމީހުންނަށް ކާންދިނުމުގެ ޒިންމާ އުފުލުމަކީ އިސްރާއީލުން އެކަނި އުފުލަން ޖެހޭ މަސްއޫލިއްޔަތެއް ކަމަށް ފާހަގަކުރައްވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޯމަ ދުވަހު ވިދާޅުވެއްޖެ އެވެ. ޓްރަމްޕް އިތުރަށް ވިދާޅުވީ އެމެރިކާއަކީ ކާނާ ފޯރުވައި ދިނުމަށް މަސައްކަތް ކުރާ ހަމައެކަނި ގައުމު ކަމަށާއި އެކަމަށް ބޭނުންވާ ފައިސާ އެމެރިކާއިން ފޯރުކޮށްދޭކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕްގެ މިއިންޒާރަކީ ބަދުނާމުން ސަލާމަތް ވުމަށް ދިން އިންޒާރެއް ކަމަށް ބެލެވެއެވެ. އެމެރިކައަކީ ހޮލޮކޯސްޓް ހިންގުމަށް ބޭނުންވާ ހަތިޔާރު ސަޕްލައިކޮށްދޭ ގައުމެވެ. އެމެރިކާއިން މި ބުނިފަދަ ސާފު ބަހެއް އިޒްރޭލާ ދިމާއަށް ބުނަން ކެރުނު އަރަބި އިސްލާމީ ވެރިއެއް ނެތް ކަން ފާހަގަ ކުރަން ޖެހެއެވެ.






