ހޮލޮކޯސްޓްގެ މޭސްތިރި ނަތަންޔާހޫގެ ނުލަފާ ދަރި ޤަތަރުގެ އަމީރަށް ބަދުބަސް ބުނެފި

ޔަހޫދީން ހިންގަމުންދާ ހޮލޮކޯސްޓާ ހެދި، ޤަތަރުން އިންތިޒާމު ކުރި ސުލްހައިގެ މަޝްވަރާތައް ޔަހޫދީން ނާކާމިޔާބު ކުރުމަށް ފަހު ޤަތަރާ ދެކޮޅަށް ބަދުބަސް ބުނެ ޕްރޮޕެގެންޑާ ކުރަން ފަށައިފިއެވެ. ޔަހޫދީ ބޮޑު ވަޒީރު ނަތަންޔާހޫގެ ނުލަފާ ދަރި ޔާއިރު މީސްމީޑިއާގައި ގަތަރުގެ އަމީރު ތަމީމް ބިން ހަމަދު އާލަސާނީ އާއި އޭނާގެ މަންމާފުޅު މޯޒާ ބިންތި ނާސިރަށް ބުނެފައި ވަނީ އެ ދެބޭފުޅުންނަކީ، އެއީ "މިޒަމާނުގެ ހިޓްލަރާއި ގުބެލްސް" ކަމަށެވެ. އަދި ދޯހާ އަކީ "1930 އާއި 1940 ގެ އަހަރުތަކުން ފެށިގެން ނުފެންނަ ފަދަ އަދާވާތްތެރިކަމެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޔަހޫދީންނާ ދެކޮޅަށް އުފެއްދުމުގެ މައިގަނޑު ބާރު" ކަމަށެވެ.

ޔަހޫދީން ފަލަސްޠީނުގައި ހިންގަމުން ގެންދާ ހޮލޮކޯސްޓާ ހެދި ދުނިޔެއިން ވަނީ ޔަހޫދީންނާ ދެމެދު ތަފާތު ގޮތަކަށް ދެކެން ފަށާފައެވެ. ޔަހޫދީންވެސް ދަނީ އިޒްރޭލުގެ ނާޒީ ޒަޔަނިސްޓު އަމަލުތައް ކުށްވެރިކުރަމުންނެވެ.

"ދުނިޔޭގެ ކޮންމެ ޔަހޫދީއަކަށް ވެސް ބޮޑު ނުރައްކަލެއް ކުރިމަތިވެފައި ވަނީ ގަތަރުން ޔަހޫދީންނާއި ޔަހޫދީ ދައުލަތް ބަދުނާމުކޮށް، އެމީހުން އެ ދައުލަތާ ދެކޮޅަށް އަޅާ އެތައް ބިލިއަން ޑޮލަރަކާ ހެދި،" ނަތަންޔާހޫގެ ދަރީގެ ޓްވީޓެއްގައި ބުންޏެވެ.

ނަތަންޔާހޫ ދަރިއަކީ އަގަލު ކުޑަގޮތަކަށް މީހުންނާ މީސްމީޑިއާގައި ދިމާކުރާ މީހެކެވެ. މީގެ ކުރިންވެސް އެއްފަހަރަކު އޭނާގެ އުދަގޫ ބޮޑުވެގެން މީހުން ޝަކުވާ ކުރުމުން އޭނާއަށް މީސްމީޑިއާ ބޭނުން ކުރުންވެސް މަނާ ކޮށްފައި ވެއެވެ.

ހަޔޫދީންގެ ދައުލަތަކީ ދުނިޔޭގެ ސުލްހައަށް މިހާރުއޮތް އެންމެ ބޮޑު ނުރައްކާ ކަމަށް ގިނަ ފަރާތްތަކުން ދެކެއެވެ. ފަލސްޠީނުގެ ދައުލަތް ބަލައި ގަތުމަށް އެތައް ގައުމަކުން ތައްޔާރު ވަމުންދާއިރު އަޔަރލެންޑުން ދަނީ އދން ޣައްޒާއަށް އދގެ ލަޝްކަރެއް ފޮނުވުމަށް ގޮވާލަމުންނެވެ.

ހޮލޮކޯސްޓްގެ މޭސްތިރި ނަތަންޔާހޫގެ ދަރި، ޕިއަސް މޯގަންއާ ޒުވާބުކޮށްފި

ހިއްސާ ކުރައްވާ!