އެމެރިކާގައި ކާރިސާއެއް ކުރިމަތި ވެގެން އެހީވާއިރު، އިޒްރޭލާއި އިޒްރޭލުގެ ޖެނޮސައިޑާއި ހޮލޮކޯސްޓް އަމަލުތައް ބޮއިކޮޓް ކުރާ ކަމަށް ބުނާ ސިޓީތަކަށް އެމެރިކާ ސަރުކާރުން އެހީ ނުދޭނެ ކަމަށް ވައިޓުހައުސްއިން އިއުލާން ކުރުމުން އެމެރިކާގެ މުސްލިމުން އެކަމާ ދެކޮޅު ހަދައިފިއެވެ.
އެމެރިކާގެ މުސްލިމުންގެ މަދަނީ ހައްގުތަކަށް ވަކާލާތުކުރާ އެންމެ ބޮޑު ޖަމުއިއްޔާ ކައުންސިލް އޮން އެމެރިކަން-އިސްލާމިކް ރިލޭޝަންސް (ކެއަރ) އިން އިން ބުނެފައި ވަނީ ޓްރަމްޕްގެ މި ސިޔާސަތަކީ ނަސްލު ނައްތާލުމާއި ނަސްލީ ތަފާތު ކުރުން ހިންގާ ބޭރު ގައުމެއްގެ ސަރުކާރު ހިމާޔަތް ކުރުމަށް ގެންގުޅޭ ސިޔާސަތެއް ކަމަށާއި އެފަދަ ސިޔާސަތަކީ އެމެރިކާގެ އަގުތަކާ ފުށުއަރާ ސިޔާސަތެއް ކަމަށެވެ.
އަދި ޓްރަމްޕްގެ ސަރުކާރުން ގެންގުޅޭ "އިސްރާއީލް ފުރަތަމަ" ސިޔާސަތަކީ އިންސާނީ ޟަމީރަށް ބަލައި ގަނެވޭނެ ސިޔާސަތެއް ނޫން ކަމަށެވެ.
އެމެރިކާ ސަރުކަރުގެ ފެޑެރަލް އިމަޖެންސީ މެނޭޖްމަންޓް އެޖެންސީ (ފެމާ) އިން ބުނާ ގޮތުގައި ކާރިސާތަކުގެ އެހީތެރިކަން ހޯދުމަށްޓަކައި "އިސްރާއީލުގެ ކުންފުނިތަކާ ހާއްސަކޮށް ވިޔަފާރިއާ ގުޅުންތައް" ކަނޑާލަން ގޮވާ ފަރާތްތަކަށް އެހީ ދިނުމެއް ނޯންނާނެއެވެ.





