ބަނގްލަދޭޝްގެ އާންމު އިންތިޚާބު އަންނަ ފެބްރުއަރީގައި

ބަންގްލަދޭޝްގައި ވަގުތީ ސަރުކަރުން އިންތިޚާބު ބާއްވާނެ ކަން އިއުލާން ކޮށްފިއެވެ. ވަގުތީ ސަރުކާރުން ކިޔަވާ ކުދިންގެ އުތުރި އެރުން ފާހަގަ ކުރުމަށް މިއަދު ބޭއްވި އެއްވުމުގައި އިއުލާން ކޮށްފައި ވަނީ 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހު އިންތިހާބު ބާއްވާނެ ކަމަށެވެ. އެކަން އިއުލާން ކުރެއްވީ އިންތިގާލީ ސަރުކާރުގެ ލީޑަރު މުހައްމަދު ޔޫނުސް އެވެ.

"ވަގުތީ ސަރުކާރުގެ ފަރާތުން ޗީފް އިލެކްޝަންސް ކޮމިޝަނަރަށް ސިޓީއެއް ފޮނުވައި، 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރޯދަ މަސް އައުމުގެ ކުރިން އިންތިހާބު ހަމަޖެއްސުމަށް އެދި ދަންނަވާނަން،" ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާ ވެރިކަމުން ދުރުކުރިތާ އެއް އަހަރު ފުރުމުގެ މުނާސަބަތުގައި ވާހަކަ ދައްކަވަމުން ޔޫނުސް ވިދާޅުވި އެވެ.

މުޅި ވެރިރަށް ޑާކާގައި ފުލުހުން ވަނީ ހައި އެލާޓަށް ނެރެފައެވެ. ސަރުކާރާއި އަމިއްލަ އޮފީސްތައް ބަންދުކޮށްފައި ވެއެވެ. އަދި ހަސީނާގެ މަނާކޮށްފައިވާ އަވާމީ ލީގުން ދުވަހުގެ މުނާސަބާގައި ބާއްވަން އުޅުނު ހަރަކާތްތައް ހުއްޓުވާފައި ވެއެވެ. އަދި ބަޔަކު މަގުތަކަށް ނިކުމެދާނެތީ ސިފައިން ދިޔައީ އާމަރޑް ވެހިކަލްތަކުން މަގުތަކުގައި ޕެޓްރޯލް ކުރަމުން ނެވެ.

ހިއްސާ ކުރައްވާ!