ބަނގްލަދޭޝްގެ ސިޔާސީ ހަމަނުޖެހުން: އަހަރެއް ފަހުން ވެސް އުއްމީދުތައް ދަނީ ފަނޑުވަމުން

ބަނގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ 15 އަހަރުގެ ވެރިކަން ނިމުމަކަށް ގެނައި ދަރިވަރުންގެ އިންގިލާބަށް އަހަރެއް ފުރުނު ނަމަވެސް، އެ ގައުމުގައި އަދިވެސް ދަނީ ހަމަނުޖެހުންތަކާއި ސިޔާސީ ބައިބައިވުން އިތުރުވަމުންނެވެ.

2024 އޯގަސްޓް 5 ވަނަ ދުވަހު، 23 އަހަރުގެ މެހެރުއްނިސާ ޝަހީދުވީ، އޭނާގެ ގޭގެ ކުޑަދޮރު ކައިރީގައި ކުޅި ބަލަން ހުއްޓައި އެއްވުންތަކުގައި ބޭނުންކުރި ވަޒަނެއް އަރައިގެންނެވެ. އެދުވަހަކީ ހަސީނާ ގައުމު ދޫކޮށް ފިލި ދުވަހެވެ. ހަސީނާގެ ވެރިކަން ވައްޓާލުމަށްފަހު، ނޯބަލްގެ އިނާމު ލިބިފައިވާ މުހައްމަދު ޔޫނުސް ވަގުތީ ވެރިޔާގެ ގޮތުގައި ހަވާލުވިއެވެ.

އިންގިލާބުގައި ސަތޭކަ އެތައް ބަޔަކު، މަރުވިއެވެ. ގިނައީ ދަރިވަރުން،ނެވެ. އަދި މީހުން މަރުވެ ފުލުސް މަރުކަޒުތަކާއި ސަރުކާރު އިމާރާތްތަކަށް ހަމަލާދީ ހުޅުޖަހާ ލެވުނެވެ. އޭރު، "އަޅުގަނޑުމެން ބޭނުންވީ ތަފާތުކުރުމާއި އަނިޔާވެރިކަމެއް ނެތް ގައުމެއް،" މިހެން ބުނި އަބްދުއްރަހްމާން ތަރީފް (20 އަހަރު) މިހާރު ބުނަނީ އެ އުއްމީދުތައް މިހާރު ދަނީ ފަނޑުވަމުން ކަމަށެވެ.

ޔޫނުސްގެ ސަރުކާރުން އިންތިޚާބަށް ތައްޔާރުވުމަށް އިސްލާހީ ކޮމިޝަންތައް އުފެއްދި ނަމަވެސް، ސިޔާސީ ޕާޓީތަކަށް އިންތިޚާބުގެ ތާވަލަކަށް އެއްބަހެއް ނުވެވެއެވެ. ދީނީ ހަރުކަށި ފަރާތްތަކުން އަންހެނުންނާއި މައިނޯރިޓީތަކާ ދެކޮޅަށް ހިންގާ ހަމަލާތައް އިތުރުވެފައިވެއެވެ. ހިއުމަން ރައިޓްސް ވޮޗްގެ މީނަކްޝީ ގަންގުލީ ވިދާޅުވީ "ހަސީނާގެ އަނިޔާވެރި ވެރިކަމަށް ދެކޮޅު ހެދި ފަރާތްތަކުގެ އުއްމީދުތައް އަދިވެސް ވަނީ ހާސިލުނުވެ" އެވެ. އިތުރަށް އަނިޔާގެ ބުރެއްގައި ގައުމު އޮތީ ތަށީ ވެފައެވެ.

ޔޫނުސް ވަނީ 2026 ގެ އޭޕްރިލްގައި އިންތިޚާބު ބޭއްވުމަށް ވައުދުވެފައެވެ. ނަމަވެސް ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާގެ ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން ވަނީ އަވަސް އިންތިޚާބަކަށް ގޮވާލާފައެވެ. މި ދަނޑިވަޅުގައި، ހަސީނާގެ ވެރިކަމުގައި އަޅުވެތިކޮށްފައިވާ އިސްލާމީ ފިކުރުގެ ފަރާތްތަކުގެ ނުފޫޒު ދަނީ އިތުރުވަމުންނެވެ.

މެހެރުއްނިސާގެ ބައްޕަ، މުޝައްރަފް ހުސައިން ބުނަނީ އިންގިލާބަކީ ފުން ބަދަލުތަކަކަށް އެދިގެން ކުރެވުނު ކަމެއް ކަމަށެވެ. "އަޅުގަނޑުމެން ބޭނުންވަނީ އާ ބަންގްލަދޭޝްއެއް. މިނިވަންވީތާ 54 އަހަރުވީ ނަމަވެސް، އަދިވެސް ހަގީގީ މިނިވަންކަމެއް ނެތް،" އެކަމަކު އަދިވެސް އެކަނ ްހަގީގަތަކަށް ނުވާ ކަމަށް އޭނާ ބުނެއެވެ.

ހިއްސާ ކުރައްވާ!