މީސްމީޑިއާގައި އަލްއަޒްހަރުގެ އިމާމް ޝެއިޚް ޑރ. އަހުމަދު އައްޠައްޔިބަށް ނިސްބަތްވާ ވީޑިއޯ ކްލިޕެއް ވައިރަލް ވެއްޖެއެވެ. އެ ވީޑިއޯ ކްލިޕްގައި އިމާމުލްއަކުބަރު ގޮވާލައްވަނީ ހުކުރު ދުވަހު ހުކުރ ނަމާދަށްފަހު އެންމެން އުޅަނދުތަކުގައި ރަފަޙައާ ދިމާއަށް ދިއުމަށެވެ. އަދި ފަލަސްޠީނުގެ އަޚުން ބަނޑަށް ތިބޭއިރު އަޅުގަނޑުމެން ކައިގެން ނުތިބޭނެ ކަމަށްވެސް އައްޠައްތިބު އެވީޑިއޯ ކްލިޕްގައި ވިދާޅުވާ ކަމަށް ވެއެވެ.
މި ކްލިޕް ވައިރަލް ވެގެން ދިއުމާ ގުޅިގެން މިސްރުގައި ސީސީގެ ސަރުކާރު ގުޑުވާލައިފިއެވެ. އެކަމާ ގުޅިގެން ސަރުކާރާއި އަމިއްލަ ފަރާތްތަކުންވެސް އޭގެ ތެދު ދޮގު ބެލުމުގެ މަސައްކަތް ފެށިއެވެ. އެއް ބަޔަކު ބުނީ މިސްކިތްތަކުގެ އިމާމުންނާއި އަމިއްލަ މީހުން ޣައްޒާއަށް ތާއީދު ކުރުމަށް ދައްކާ ވާހަކަ ގަބޫލު ކުރައްވައި ޝެއިޚުލްއަޒުހަރު ބަޔާނެއް ދެއްވީ ކަމަށެވެ.
އެންމެ ފަހުން އެނގުނީ އެއީ މަބު ބޭނުން ކޮށްގެން އުފައްދާފައިވާ ޑީޕްފޭކް ވީޑިއޯއެއް ކަމަށެވެ.
މިވީޑިއޯ ވައިރަލްވެގެން ދިޔަ ވަރުން މީހުން ބުނެފައި ވަނީ އިމާމުލްއަކުބަރު ޑރ. ޠައްތިބު މިފަދަ ވާހަކައެއް ހަގީގަތުގައިވެސް ވިދާޅުވެއްޖެނަމަ މިސްރުގައި ކަން ހިނގާނެ ގޮތް މިހާރު ސީސީގެ ސަރުކާރަށް ސާފުވެފައި ވާނެ ކަމަށެވެ.





