އެމެރިކާ ސިފައިންގެ މަރުކަޒެއްގައި ބަޑިޖަހައިގެން 5 މީހުން ޒަޚަމްވެއްޖެ

އެމެރިކާގެ ޖޯޖިއާގައި ހުންނަ ފޯޓް ސްޓުއާޓް މިލިޓަރީ ބޭސްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި އެ ބޭސްގައި މަސައްކަތްކުރާ 5 ސިފައިން ޒަޚަމްވެއްޖެއެވެ. މިލިޓަރީ އޮފިޝަލުން މައުލޫމާތު ދިން ގޮތުގައި، މި ހާދިސާ ހިންގި ސިފައިންގެ މީހާއކީ 2 ވަނަ އާމަޑް ބްރިގޭޑް ކޮމްބެޓް ޓީމްގައި މަސައްކަތްކުރާ ސާޖަންޓެކެވެ. އޭނާ ބަޑިޖަހަން ފެށުމާއެކު، އެހެން ސިފައިން ވަނީ އޭނާ ހިފަހައްޓާ ބަންދުގައި ބަހައްޓާފައެވެ.

ހާދިސާ ހިނގުމާ ގުޅިގެން މުޅި ބޭސް ވޗަގުތީ ގޮތުން ބަންދު ކުރިއެވެ. އަދި ހިނެސްވިލް ޕޮލިސް ޑިޕާޓްމަންޓާއި އެފްބީއައި ވެސް މި މައްސަލައިގެ ތަހުގީގަށް އެހީތެރިކަން ފޯރުކޮށްދޭން އެތަނަށް އައެވެ.

މިލިޓަރީގެ އިސްފަރާތަކުން ބުނިގޮތުގައި، މި ހާދިސާ ހިންގި ސާޖަންޓް ރެޑްފޯޑް ދަނީ 2022 އިން ފެށިގެން ފޯޓް ސްޓުއާޓްގައި މަސައްކަތް ކުރަމުންނެވެ. އަދި އޭނާ މީގެ ކުރިން ހަނގުރާމައަކަށް ފޮނުވާފައެއް ނުވެއެވެ. ނަމަވެސް އޭނާ ބަޑި ޖެހީ ކީއްވެގެން ކަން އަދި ހޯދިފައެއް ނުވެއެވެ.

ބަޑި ޖެހި ސިފައިންގެ މީހާއަކީ މިދިޔަ މޭ މަހު މަސްތުވެގެން ހުރެ އުޅަނދު ދުއްވުމުގެ ކުށުން ހައްޔަރު ކޮްފައިވާ ކަމުގެ ރެކޯޑް އޮތް މީހެކެވެ. ނަމަވެސް މިކަން އޭނާގެ ކޮމާންޑަރުންނަށް އެނގިފައިވަނީ މި ބަޑިޖެހުމުގެ ހާދިސާއަށް ފަހުގައި ކަމަށް ސިފައިން ބުނެއެވެ.

ހިއްސާ ކުރައްވާ!