ހޮލޮކޯސްޓް ހިންގާ ޔަހޫދީން 500 ސްކޫލެއް ނައްތާލި

ޣައްޒާގައި ހޮލޮކޯސްޓް ހިންގާ ޔަހޫދީންވަނީ 500 ސްކޫލެއް ނައްތާލާފައި ކަމަށް ހިއުމަން ރައިޓްސް ވޮޗުން ބުނެފިއެވެ. ޔަހޫދީން ހިންގަމުން ގެންދިޔަ 15 އަހަރު ވެފައިވާ ދުނިޔޭގެ އެންމެ ދުވަސްވީ ކޮންސެންޓްރޭޝަން ކޭމްޕް ފޫއަޅުވާލައި ފަލަސްޠީނު މީހުން ފެށި އަލްއަޤްޞާ ޠޫފާންގެ ފަހުން ޔަހޫދީން ފެށި ހޮލޮކޯސްޓްގައި މިހާތަނަށް އެތައް ހާސް މީހުން ޝަހީދުކޮށްފައި ވެއެވެ. ޔަހޫދީން ވަނީ ސްކޫލުތަކާއި ކިޔަވައިދޭ މީހުންނަށް އަމާޒުކޮށްގެން ހަމަލަ ދީފައެވެ.

ހޮލޮކޯސްޓް ހިންގާ ޔަހޫދީން ސްކޫލްތަކަށް ދޭ ހަމަލާތަކަކީ "އެއްވެސް ބެލުމެއް ނެތި ގާނޫނާ ޚިލާފަށް ދެމުންދާ ހަމަލާތަކެއް" ކަމަށް ހިއުމަންރައިޓްސް ވޮޗްއިން ބުނެއެވެ.

އަދި ޔަހުދީން ވަނީ ސްކޫލުތަކަށް ހަމަލަ ދޭއިރު ދެ ބުރަށް ހަމަލަ ދީފައެވެ. އަދި އެތަންތަނުން ޒަޚަމްވާ މީހުން ސަލާމަތް ކުރަން އުޅޭ އެމްބިއުލާންސްގެ ފަޅުވެރިންނަށް ވެސް ގަސްތުގައި ހަމަލާދޭ ކަން ފާހަގަ ކޮށްފައި ވެއެވެ.

އެ ޖަމުއިއްޔާއިން އިތުރަށް ބުނެފައިވަނީ ޔަހޫދީން ދިން ހަމަލާތަކަކީ ތަފާތުކުރުމެއް ނެތި އެމެރިކާއިން އުފައްދާފައިވާ ވަޒަންތައް ބޭނުންކޮށްގެން ދޭ ހަމަލާތަކެއް ކަމަށާއި އެއީ ބައިނަލްއަގްވާމީ އިންސާނީ ގާނޫނުތަކާ ހިލާފު ކަމެއް ކަމަށާއި އާންމުންގެ ފުރާނަ ނުރައްކަލެއް ކަމަށެވެ.

ހިއްސާ ކުރައްވާ!