ޣައްޒާގައި މީހުން ބަނޑަށް މަރާ މައްސަލައިގައި އިސްރާއީލްގެ ބޮޑުވަޒީރު ނަތަންޔާހޫއާއި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެމެދު ހޫނު ޒުވާބެއް ހިނގައިފިއެވެ. ޖުލައި 28 ވަނަ ދުވަހު ހިނގި މި ޒުވާބުގައި ދެ ފިރިހެނުންގެ ދެމެދުގައި ފޯނުން ޓްރަމްޕް ވަނީ ނަތަންޔާހޫއާ ދިމާއަށް ހަޅޭއްލަވައިފައެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ޓްރަމްޕްގެ މަސްމަގު ހުރީ އެހާ ފަށުއިކޮށެއް ނޫނެވެ. އަދި އެކަމުގެ މައުލޫމާތު ލިބި ހުރި މަސްދަރަކުން ބުނެފައި ވަނީ ބައެއް ބަސްތައް އެމަގާމުގައި ހުންނަ މީހެއްގެ ފުށުން އަޑު އަހަން އުދަގޫވެސް ވާނެ ކަމަށެވެ.
މި ޒުވާބު ފެށިގެން އައީ ޣައްޒާގައި މީހުން ބަނޑަށް ޖައްސާފައިވާ ކަމަށް ހަމާސްއިން ދައްކާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް ނަތަންޔާހޫ ބުނުމާ ގުޅިގެންނެވެ. ނަމަވެސް ޓްރަމްޕް ވަނީ ބަނޑަށް ޖެހިފައިވާ ކުޑަކުދިންގެ ފޮޓޯތައް ފެނިފައިވާ ކަމަށާއި، އެއީ ކާފީ ހެކި ކަމަށް ބުނެފައެވެ.

އިސްރާއީލްގެ ހޮލޮކޯސްޓް މޭސްތިރި ބުނެފައިވަނީ ޣައްޒާގައި "ބަނޑަށްޖެހުމުގެ ސިޔާސަތެއް" ނެތް ކަމަށާއި އަދި އެތަނުގައި "ބަނޑަށްޖެހިފައިވާ ބަޔަކު" ނެތް ކަމަށެވެ. ނަތަންޔާހޫގެ މި ޖުމުލައާއެކު އެ މަސްދަރުން ބުނެފައި ވަނީ ޓްރަމްޕް ފަލައިގެން ދިޔައީ ކަމަށެވެ. ނަމަވެސް މީޑިއާއަށް މި ޒުވާބުގެ ވާހަކަ ތިލަ ވުމާއެކު ނަތަންޔާހޫގެ އޮފީހުން ބުނެފައި ވަނީ މިއީ "ދޮގު ޚަބަރެއް" ކަމަށެވެ. އެކަމަކު ވައިޓްހަުއސްއިން މިއަށް އެއްޗެއް ނުބުނެއެވެ.
އދ. ގެ އޭޖެންސީތަކުން ވަނީ ޣައްޒާގައި މީހުން ބަނޑަށް މަރުވާ ކަމުގެ އިންޒާރު ދީފައެވެ. ޔަހޫދީން ޣައްޒާ މީހުން ބަނޑަށް ޖެއްސުމުން ގިނަ އާއިލާތަކެއް ދިރިއުޅެމުންދަނީ ހަމައެކަނި އެންމެ ރޮށި ކޮޅެއ ްކައިގެން ފެން ފޮދެއް ބޮއެގެންނެވެ. އެހީ ފޯރުކޮށްދޭ ޖަމާއަތްތަކުން ބުނާ ގޮތުގައި އެހީގެ މަގު ޔަހޫދީން ވަނީ ބަންދުކޮށްފައެވެ. އަދި އެހީއަށް ވައްދާ ލޮރިތަކުގެ ދުލެވި ލަސްކޮށް ހުރަސް އަޅައި މަގު ބަންދުކޮށް ހަދަމުންދާ ކަމަށާއި، ބަނޑަށްޖެހިފައިވާކަން ސާބިތުކޮށްދޭ ފޮޓޯތައް ވެސް ފެންނާން ހުރި ކަމަށް ބުނެއެވެ.

މި ހާދިސާއާ ގުޅިގެން އެމެރިކާގެ ސަފީރު ސްޓީވް ވިޓްކޮފް ވަނީ އިސްރާއީލަށް ޒިޔާރަތްކޮށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތްތައް ވިލަރެސްކުރުމަށް މަސައްކަތްކޮށްފައެވެ. އަދި އިސްރާއީލްގެ ސަލާމަތީ ކެބިނެޓުން ވަނީ ޣައްޒާ ސިޓީ ކޮންޓްރޯލް ކުރުމުގެ ޕްލޭނަކަށް ހުއްދަ ދީފައެވެ. ނަމަވެސް އެތަން ދިގު މުއްދަތަކަށް ހިންގުމުގެ ނިޔަތެއް ނެތް ކަމަށް މިހާރު ޔަހޫދުން ބުނެއެވެ.







