ޕާކިސްތާނުގެ ބަލޫޗިސްތާން ސަރަހައްދުގައި ތިން ހަފްތާގެ މުއްދަތަށް މޯބައިލް ޑޭޓާ ގެ ޚިދުމަތް މެދުކަނޑާލައިފިއެވެ. މި ފިޔަވަޅު އަޅާފައިވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާ ބާޣީ ޖަމާއަތްތަކާއި ޓެރަރިސްޓުންގެ މެދުގައި މުވާސަލާތު ކުރުން ހުއްޓުވުމަށެވެ.
ބަލޫޗިސްތާނުގެ މައުދަންގެ ވަސީލަތްތަކުން ލިބޭ ފައިދާގެ ބޮޑު ބައެއް އެ ސަރަހައްދަށް ލިބެންޖެހޭ ކަމަށް ބުނެ ބަޣާވާތް ކުރާ ފަރާތްތަކާއި ޓެރަރިސްޓް ހަމަލަ ދޭ ފަރާތްތަކުން ގިނަ ހަމަލާތަކެއް ދެމުން ގެންދެއެވެ. މި ހަމަލާތައް އަމާޒުކުރަނީ ސިފައިންނާއި ޗައިނާގެ ރައްޔިތުންނަށެވެ. ޗައިނާ ސިފައިންނަކީ ޗައިނާގެ ޕްރޮޖެކްޓްތައް ހިންގަން ގޮސްތިބޭ އިންޖިނޭރުންގެ ހިމާޔަތުގައި ތިބޭ ބައެކެވެ. އެންމެ ފަހުން ބަލޫޗިސްތާންގައި ދިން ހަމަލާއެއްގައި ސިފައިންގެ އޮފިސަރަކާއި ދެ ސިފައިން މާރާލާފައިވާ ކަމަށް ބާޣީ ބަލޯޗް ލިބަރޭޝަން އާމީ (ބީއެލްއޭ) އިން ބުނެފައިވެއެވެ.
ބަލޫޗިސްތާނަކީ ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ދަށުން މުހިންމު މަޝްރޫއުތަކެއް ހިންގާ ސަރަހައްދެކެވެ. މީގެ ތެރޭގައި ގްވާދަރ ބަނދަރު ހިމެނެއެވެ. އަދި ގްވަދާރުން ޗައިނާގެ ޝިންޖިއާނަށް އޮންނަ އަރަބި ކަނޑާ ޝިންޖިއާން ގުޅުވައިދޭ ހައިވޭއަކީވެސް މި ސަރަހައްދުގެ ބައެކެވެ. މި ސަރަހައްދަކީ އަފްޣާނިސްތާނާއި އީރާނާ އިން ވެފައި އޮންނަ ޕާކިސްތާންގެ 15 މިލިއަން މީހުންގެ އާބާދީގެ ތެރެއިން 8.5 މިލިއަން މީހުން މޯބައިލް ފޯނު ބޭނުންކުރާ ސަރަހައްދެކެވެ.
ޕާކިސްތާނުން ތުހުމަތުކުރާ ގޮތުގައި އެގައުމުގެ ވާދަވެރި އަވަށްޓެރިޔާ މި ސަރަހައްދު ހަމަނުޖެހުމުގެ ތެރެއަށް ވައްޓާލުމަށް ވަކިވަކިވުމުގެ ހަރަކާތްތަކަށް އެހީތެރިވަމުން ދެއެވެ. ނަމަވެސް އިންޑިއާއިން މި ތުހުމަތު ދޮގުކުރެއެވެ. މި އަހަރުގެ މާރިޗު މަހު ބާޣި ބަލޫޗް ލިބަރޭޝަން އާމީން އިން ރޭލްވޭއަށް ދިން ހަމަލާއެއްގައި 31 މީހުން މަރުވެ، 400 އަށްވުރެ ގިނަ ފަސިންޖަރުން ރަހީނުކޮށްފައިވެއެވެ.





