ނޭޕާލަކީ ދެކުނު އޭޝިއާގެ ޚިޔާލު ފާޅުގެ މިނިވަންކަން އެންމެ ބޮޑު ގައުމެވެ. ނޭޕާލުގައި މީސްމީޑިއާ ބްލޮކްކޮށް ޚިޔާލު ފާޅުކުރުމަށް ސަރުކާރުން ފިއްތުންތައް ކުރިމަތި ކުރުމާ ގުޅިގެން ޒުވާނުން ވަނ ސަރުކާރުގެ ނިންމުމާ ދެކޮޅަށް ނިކުމެފައެވެ. ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގައި އިސްވެ އުޅެނީ ޖެން-ޒީގެ ޖީލެވެ.
ނޭޕާލްގައި ދިހަހާސް ޒުވާނުން ވަނީ މަގުތަކަށް ނުކުމެފައެވެ. މި މުޒާހަރާތަކަކީ ވަތްސްއެޕްއާއި ފޭސްބުކް އެކްސް ފަދަ 26 މީސްމީޑިއާގެ ޕްލެޓްފޯމް ސަރުކާރުން ފުޅާދާއިރާއެއްގައި މަނާކުރުމާ ދެކޮޅަށް ފަށާފައިވާ މުޒާހަރާއެކެވެ.
ކަރަންޓު ކަނޑާލައިގެން މުޒާހަރާ ކުރާ މީހުންނަށް ހުރަސް އެޅިނަމަވެސް ޒުވާނުން ވަނީ ވީޕީއެންފަދަ ވަސީލަތްތައް ބޭނުންކޮށްގެން ޓިކްޓޮކް، ވައިބަރ، ފަދަ ވަސީލަތްތަކުން ގިނަ އަދަދަކަށް މީހުން ހަރަކާތްތެރިކޮށް އެއްތަން ކުރުވާފައެވެ. ޒުވާނުން ވަނީ އެމީހުންނަކީ ޓެކްނޮލޮޖީގައި ސަރުކާރުގެ ބަރުހެލި ކަމަށްވުރެން ކުރީގައި އުޅޭ ބަޔެއްކަން ސާބިތުކޮށްދީފައެވެ.
ކަތުމަންޑޫ އާއި ޕޮކާރާގައި މުޒާހަރާގެ ބައިވެރިން ވަނީ “ސޯޝަލް މީޑިއާ މަނާކުރުން ހުއްޓާލާ!" އަދި ހުއްޓުވަންވީ ސޯޝަލް މީޑިއާ އެއް ނޫން! ހުއްޓުވަންވީ ކޮރަޕްޝަން" ކަމަށް ގޮވާލަމުން މުޒާހަރާ ކުރަމުން ގޮސްފައެވެ.
ސަލާމަތީ ފަރާތްތަކުން ވަނީ މީހުން މަގުތަކަށް ނިކުތުން ހުއްޓުވުމަށް ކާފިއު އިއުލާން ކޮށްފައެވެ. އެކަމަކުވެސް ނިކުތީ އެވެ. އަދި މަގު ހުރަސްތައް ބޭނުން ކުރީ އެވެ. އެ ހުރަސްތައްވެސް މީހުން ނިކުމެ ވައްޓާލީއެވެ. ފަހުން ނޭޕާލު ސިފައިން މަގުތަކަށް ނިކުތުމުން އެމީހުންނަށްވެސް މުޒާހަރާ ކުރާ މީހުން މައިތިރިއެއް ނުކުރެވުނެވެ.
ފުލުހުން ވަނީ ކަރުނަ ގޭހާއި ފެން ބޮމާއި ދިރިހުރި ވަޒަންތައް ބޭނުން ކޮށްފައެވެ. ފުލުހުންގެ އަނިޔާވެރިކަމުގައި 16 މީހަކު ވަނީ މަރުވެފައެވެ. އަދި 100 އަށް ވުރެން ގިނަ މީހުންނަށް އަނިޔާވެފައިވެއެވެ. ނޭޕާލް ސަރުކާރުގެ މި ނޭއްގާނިކަމަކީ، ޚުދުމުޚުތާރު ކަން ބޮޑުކުރުމަށް ކުރިއަށް ގެންދާ މަސައްކަތެކެވެ.



