ނޭޕާލް ޕާލަމެންޓްގައި ހުޅުޖަހައިފި

ނޭޕާލްގެ ވެރިރަށް ކަތުމަންޑޫގައި ހިނގަމުންދާ ޖެން ޒީ މުޒާހަރާތަކުގެ ސަބަބުން މިހާތަނަށް މަދުވެގެން 20 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެއްޖެއެވެ. މި މުޒާހަރާތައް ފެށިފައިވަނީ ސަރުކާރުން 26 ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ބޭނުންކުރުން މަނާކުރުމާ ގުޅިގެންނެވެ.

މުޒާހަރާތައް އިތުރަށް ގޯސްވެގެން ދިއުމާއެކު ބޮޑު ވަޒީރު ވަނީ އިސްތިއުފާ ދެއްވާފައެވެ.

ޕާލަމެންޓާއި ބައެއް ސަރަހައްދީ ގާނޫނު ހަދާ މަޖިލިސްކުރާ ގެތަކުގައި ވަނީ ހުޅު ޖަހާފައެވެ.

ވެރިކަންކުރާ ޕާޓީގެ ލީޑަރެއްގެ މިލްކިއްޔާތެއްކަމަށްވާ ހިލްޓަން ހޮޓަލުގައި ވަނީ ރޯކޮށްލާފައެވެ.

ނޭޕާލްގެ އެންމެ ބޮޑު މީޑިއާ ހައުސް ކަޓްމަންޑޫ ޕޯސްޓް ޝާއިއު ކުރާ މީޑިއާ ހައުސްގައި ވެސް ވަނީ ރޯކޮސްލާފައެވެ.

ބައެއް ސިޔަސީ ލީޑަރުންގެ ގެތައްވެސް ވަނީ ރޯކޮށްލާފައެވެ.

ސިފައިން ވަނީ ސަލާމަތުން ވަޒީރުންނާއި މަސްއޫލުވެރިން ހެލިކޮޕްޓަރުގައި ރައްކާތެރި ތަންތަނަށް ގެންގޮސްފައެވެ.

2008ން މިހާތަނަށް ނެޕާލްގައި 13 ސަރުކާރަކުން ވެރިކަން ކޮށްފިއެވެ. ނޭޕާލްގައި އޮންނަނީ ބަރުލަމާނީ ނިޒާމެކެވެ.

 

ހިއްސާ ކުރައްވާ!