ނޭޕާލްގައި ސަރުކާރާ ދެކޮޅަށް ކުރިއަށްދާ އިހުތިޖާޖުތަކުގެ ތެރޭގައި، އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ޖަލަ ނާތު ކަނަލްގެ އަނބިކަނބަލުން ދިރިހުއްޓާ އަންދާލައިފިއެވެ. އިހުތިޖާޖުކުރާ ފަރާތްތަކުން އޭނާގެ ގެއަށް ވަދެ ހުޅުޖަހާފައި ވެއެވެ.
މި އިހުތިޖާޖުތަކުގެ ތެރޭގައި ނޭޕާލްގެ ޕާލިމެންޓު އިމާރާތާއި އެތައް ސިޔާސީ ލީޑަރުންގެ ގެކޮޅުތަކެއްގައި ވަނީ އަލިފާން ރޯކޮށްފައެވެ.
އިހުތިޖާޖު ކުރާ ފަރާތްތަކުން ބުނަނީ އައު ބޮޑު ވަޒީރަކަށް ހަދަން ބޭނުން ވަނީ ކަޓްމަންޑޫގެ މޭޔަރ ބަލަން ޝާހް ކަމަށެވެ.








