ކަޓްމަންޑޫގެ މޭޔަރު، ބާލަން ޝާހްއަކީ ޖެންޒީގެ ގާތު ބޮޑު ވަޒީރުކަމަށް މަގްބޫލު ޝަޚުސިއްޔަތެވެ. އުމުރުން 35 އަހަރުގެ ބާލަން ޝާހް އަކީ ސްޓްރަކްޗަރަލް އިންޖިނިއަރެކެވެ. އެނާ މަޝްހޫރު ވެފައި ވަނީ ރެޕް ލަވަކިޔުންތެރިއެއްގެ ގޮތުގައެވެ.
އާދަޔާ ހިލާފު ކެމްޕޭން ސްޓައިލަކުން އެނާ ވަނީ މަޝްހޫރު ކަން ހޯދައި 2022 ވަނަ އަހަރު މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި މޭޔަރުކަމުގެ ރޭސް ކާމިޔާބުކޮށްފައެވެ. މުސްކުޅި ތަޖުރިބާކާރު ސިޔާސީ ބޭފުޅުން ބަލިކޮށްލައި އޭނާ ކާމިޔާބީ ހޯދީ ބޮޑު ތަފާތަކުންނެވެ.
ޖެން ޒީގެ އިންގިލާބަށް ފަހު އޭނާގެ މަގްބޫލުކަން ވަނީ އިތުރު ވެފައެވެ. ބާލަން ޝާހް ވަނީ ޖެން ޒީގެ އިންގިލާބަށް ތާއީދުކޮށް ފައެވެ.
އޭނާ ވަނީ ޖެން ޒީ އިން މަސްރަހު ފިނިކުރުމަށް ގޮވާލާފައެވެ. "މިހާރު އަޅުގަނޑުމެން އެންމެން އަމިއްލަ ނަފްސު ކޮންޓްރޯލު ކޮށް ދައްކަން ޖެހޭ. މިހިސާބުން ފެށިގެން ގައުމު ލީޑް ކުރަން ޖެހެނީ ތިޔަބޭފުޅުންގެ ޖީލުން" ބާލަން ޝާހް ބުނެފައި ވެއެވެ.
ބާލަން ޝާހްގެ ކާމިޔާބީއަކީ ނޭޕާލްގެ ސިޔާސީ މައިދާނަށް ޖީލުތަކެއް ފަހުން ބަދަލެއް އައިސް، ސިޔާސީ މައިދާނަށް ވަނުމަށް ޒުވާން ޕްރޮފެޝަނަލުންނަށް އުންމީދަކަށްވި ޝަޚުސިއްޔަތެވެ.



