ސުޝީލާ ކާކީ ނޭޕާލްގެ ބޮޑު ވަޒީރުގެ މަގާމުގެ ހުވައިކުރައްވަނީ

ތާރީޚީ ބަދަލެއްގެ ގޮތުން ނޭޕާލްގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވުމާ ގުޅިގެން އެގައުމުގެ ވަގުތީ ސަރުކާރު ލީޑް ކުރައްވަން ނެޕާލްގެ ކުރީގެ އުއްތަމަ ފަނޑިޔާރު ސުޝީލާ ކާކީ އައްޔަންކޮށްފި އެވެ. މި ނިންމުން ނިންމާފައިވަނީ ސިޔާސީ އިސްލާހާއި ޖަވާބުދާރީވުމަށް އެދި ނޭޕާލްގައި ހިންގި ޖެން ޒީ ގެ މުޒާހަރާތަކަށް ފަހުއެވެ.

ރައީސް ރާމް ޗަންދްރާ ޕައުޑެލް ވަނީ މިއަދު ހުކުރު ދުވަހުގެ ހަވީރު ރައްޔިތުންގެ މަޖިލިސް އުވާލުމަށް އެއްބަސްވެވަޑައިގަތުމަށް ފަހު، ކާކީ ވަގުތީ ސަރުކާރު ލީޑް ކުރައްވާނެ ކަން ކަށަވަރުކޮށްދެއްވާފަ އެވެ. އުމުރުން 73 އަހަރުގެ ކާކީ އިރުކޮޅެއްގެ ތެރޭގައި ހުވާ ކުރައްވާނެ އެވެ. އޭނާ ވެވަޑައި ގަންނަވާނީ ނޭޕާލްގެ ފުރަތަމަ އަންހެން ބޮޑުވަޒީރު ކަމުގަ އެވެ.

ހިއްސާ ކުރައްވާ!