ނޭޕާލްގެ ވަގުތީ ބޮޑުވަޒީރުގެ ހައިސިއްޔަތުން ދެއްވި ފުރަތަމަ ތަގުރީރުގައި ސުޝިލާ ކާކީ ވަނީ ޖެން ޒީ މުޒާހަރާތަކުގައި މަރުވި މީހުންނަކީ ގައުމަށްޓަކައި ޝަހީދުވި މީހުންގެ ގޮތުގައި ރަސްމީކޮށް ސަރުކާރުން ބަލައިގަނެ، ޝަހީދުންގެ އާއިލާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އިއުލާން ކުރައްވާފަ އެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު އަދި ނޭޕާލްގެ ފުރަތަމަ އަންހެން ބޮޑުވަޒީރު ކާކީ، 73 އަހަރު، މަގާމާ ހަވާލުވެވަޑައިގަތީ ކޭޕީ ޝަރްމާ އޮލީގެ މީސްމީޑިއާ ކޮންޓްރޯލު ކުރުމާ ދެކޮޅަށް މީހުން ނިކުމެ ސަރުކާރު ވައްޓާލުމަށް ފަހުއެވެ.
އޯލީ ޝަރްމާ އިސްތިއުފާ ދެއްވީ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހު ކަތުމަންޑޫގައި 27 ގަޑިއިރު ވަންދެން މެދުނުކެނޑި މުޒާހަރާތައް ކުރިއަށް ގެންދިއުމާ ގުޅިގެންނެވެ.
ޒުވާނުން ވަނީ ސޯޝަލް މީޑިއާ ކޮންޓްރޯލު ކުރުމާއި ކޮރަޕްޝަނާއި ދެކޮޅަށް އަޑު އުފުލާފައެވެ. މި ހަމަނުޖެހުންތަކުގައި 51 މީހުން މަރުވެ 1،300 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވެ އެވެ.
"އަޅުގަނޑުމެން މިތިބީ ވެރިކަމުގެ އާރާއި ބާރުގެ ރަހަ ބަލާކަށެއް ނޫން،" ކާކީގެ ފުރަތަމަ ތަގްރީރުގައި އިއުލާން ކުރި އެވެ. "އަޅުގަނޑުގެ ޓީމުން ހަ މަސްވަންދެން ޚިދުމަތްކޮށް، އަލަށް އިންތިހާބުވާ ޕާލަމެންޓާ ސަރުކާރުގެ ބާރުތައް ޙަވާލުކުރާނަން. ތިޔަބޭފުޅުންގެ ތާއީދެއް ނެތި އަޅުގަނޑުމެންނަށް ކާމިޔާބެއް ނުލިބޭނެ" ކާކީ ވިދާޅުވިއެވެ.
އެކަމަނާ ވަނީ ޝަހީދުމްހެ އައިލާތަކަށް ބަދަލުގެ ގޮތުގައި އެއް މިލިއަން ރުޕީސް ދިނުމަށާއި އަނިޔާވި މީހުންނަށް އިތުރު އެހީ ދިނުމަށް ވައުދުވެ ވަޑައިގެންފަ އެވެ.
ކާކީ ވަނީ ޖެން ޒީގެ އުންމީދުތަކާ އެއްގޮތަށް ގައުމު ބިނާކޮށް އިގްތިސާދު ކޮއްޅަށް ޖެހުމަށް ހުރިހާ ސްޓޭކްހޯލްޑަރުންނަށް ގޮވާލައްވާފަ އެވެ.



