ޔޫކޭއާއި ކެނެޑާ އަދި އޮސްޓްރޭލިއާއިން ފަލަސްޠީނު ބަލައި ގަތުމުން ޝުކުރު އަދާކޮށްފި

އިނގިރޭސިވިލާތާއި ކެނެޑާ އަދި އޮސްޓްރޭލިއާއިން ފަލަސްޠީނު ދައުލަތެއްގެ ގޮތުގައި ބަލައިގެންފައިވާތީ ފަލަސްތީނުގެ ފޮރިން މިނިސްޓްރީން ވަނީ އެކަމަށް ޝުކުރު އަދާކޮށް ބަޔާނެއް ނެރެފައެވެ.

އެބަޔާނުގައި ބުނެފައި ވަނީ މިއީ "ހިތްވަރުގަދަ" އަދި "ބައިނަލްއަގްވާމީ ގާނޫނުތަކާ އެއްގޮތް" ފިޔަވަޅެއް ކަމަށެވެ.

ފަލަސްޠީނުގެ ފޮރިން "މިނިސްޓްރީން ދެކެނީ މި ގަބޫލުކުރުންތަކަކީ ފަލަސްތީނުގެ ރައްޔިތުންގެ އިންސާފުވެރި އަދި ޝަރުއީ ހައްގުތަކަށް އިއުތިރާފުވުމެއް ކަމަށާއި، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިސާރުކުރާ އުދުވާނީ ފަރާތްތަކުން ހިންގާ ޖަރީމާތަކުން ކުރިމަތިވާ ނުރައްކާތަކުން ދެ ދައުލަތުގެ ހައްލު ރައްކާތެރިކުރުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް ދެކޭ" ކަމަށެވެ.

އަދި ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިނުގަންނަ ދައުލަތްތަކަށް – އޭގެ ތެރެއިން އެންމެ އިސްކޮށް އުޅޭ އެމެރިކާއަށް – އިސްނަގައިގެން އެކަން ކުރުމަށް އިލްތިމާސް ކުރާ ކަމަށްވެސް ފަލަސްޠީނުގެ ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ.

ހިއްސާ ކުރައްވާ!