ޓޯނީ ބްލެޔަރއަށް އަލުން މަގާމެއް ލިބެނީ އިބްލީސް ޗުއްޓީގައި ހުރުމުން: އާންމުން

ހަނގުރާމައިގެ މުޖުރިމެއް ކަމުގައިވާ އިނގިރޭސިވިލާތުގެ ކުރީގެ ބޮޑު ވަޒީރު ޓޯނީ ބްލެޔަރއަށް އަނެއްކާވެސް މުސާރައެއް ލިބޭ ގޮތަށް ހަމަޖެހިއްޖެއެވެ. ބްލެޔަރއަށް އަލުން މުސާރަ ލިބޭ ގޮތަށް ހަމަޖެހުނީ އިސްތިއުމާރުކޮށގެންް ބައެއްގެ ބިން ހިފުމަކީ އިންވެސްޓްމެންޓެއްގެ ގޮތުގައި ދުނިޔެއަށް އެމެރިކާއިން ވިއްކުމާ ގުޅިގެން ކަމަށް އަލްޖަޒީރާގެ އެނަލިސްޓަކު ބުނެފައި ވެއެވެ.

ޓޯނީ ބްލެޔަރ އަކީ ދޮގުހަދައިގެން އޮޅުވާލައިގެން އިރާގަށް އަރައި އެތައް މިލިއަން މުސްލިމުންގެ ހޭ ހުއްދަ ކުރި މުޖުރިމެކެވެ.

ޓްރަމްޕް ޣައްޒާ އަތް ދަށު ލުމަށް އަރަބިންނަށް ވިއްކާފައިވާ 20 ނުކުތާގެ ޕްލޭންގެ ދަށުން ސުލްހަ ބަލަހައްޓާ ކައުންސިލެއް ހަދާ އިރު އެކައުންސިލުގައި އިސްކޮށް ހުންނަ މީހަކަށް ހަމަޖައްސަން އުލެނީ ޓޯނީ ބްލެޔަރ އެވެ.

މިކަމަށް އާންމުން ވަނީ ނުރުހުން ފާޅު ކޮށްފައެވެ. އާންމުން ބުނަނީ ބްލެޔަރއަށް އެމަގާމު ލިބެނީ އިބްލީސް ޗުއްޓީގައި ހުރުމުންނެވެ.

ހިއްސާ ކުރައްވާ!